މިޔަންމާގެ ރާކިން ސްޓޭޓްގައި ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމް ރިފިޔުޖީން ދިރިއުޅޭ ކޭމްޕެއްގައި އަލިފާން ރޯވެ 6 މީހުން މަރުވެއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
މިޔަންމާ ސިފައިންނާއި ގުންޑާއިން ރާކިން ސްޓޭޓްގައި މުސްލިމުން ދިރިއުޅޭ ގިނަ އަދަދެއްގެ ގެތައް އަންފައިލުމުން ގިނަ ބައަކު އަދިވެސް ދިރިއުޅެނީ ރިފިޔުޖީ ކޭމްޕްތަކުގައެވެ.
ހަމައެކަނި ބަންގްލަދޭޝްގައިވެސް އަށް ލައްކައެއްހައި ރޮހިންޔާ މުސްލިމުން ދަނީ ރިފުޔުޖީ ކޭންޕުތަކުގައި ދިރިއުޅެމުންނެވެ. ރޮހިންޔާ މުސްލިމުން ދިރި ތިއަބައި އެންދުން ފަދަ އަމަލުތައް ކުރި ސިފައިންގެ މައްސަލަތަ ބަލާކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް އެޅުނު ފިޔަވަޅެއް އަދި އެނގޭކަށް ނެތެވެ.