އަލްޖީރިއާގައި ސިވިލް ސަރވަންޓުން މޫނު ބުރުގާ އެޅުން މަނާކޮށްފިއެވެ.
އެކަމުގެ ޤަރާރުގައި ސޮއިކުރެއްވުމަށްފަހު ބޮޑުވަޒީރު އަޙްމަދު ވިދާޅުވެފައިވަނީ ސިވިލް ސަރވަންޓުން މޫނު ބުރުގާ އެޅުއްވުން މަނާ ކުރެއްވީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒިފުންނަކީ ކޮންބައެއްކަން ޚިދުމަތް ހޯދާ މުވައްޒިފުންނަށް އެނގެން ޖެހޭނެތީ ޢާއި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.
އަލްޖީރިއާގެ އާބާދީގެ 99.75 އިންސައްތަ ރައްޔިތުންނަކީ މުސްލިމުންނެވެ. މޫނު ބުރުގާ އަޅަނީ ވަރަށް މަދު ބައެކެވެ. ނަމަވެސް ގިނަ ބައަކު ބުރުގާ އަޅައެވެ.