ދިވެހިރާއްޖޭގެ ފުޓުބޯޅައަށް ހިދުމަތްކުރެއްވި، ދިވެހި ޤައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކުރީގެ ކޯޗު ސްޓެވާޓު މަރުވެއްޖެއެވެ. އުމުރުން 52 އަހަރުގެ ސްޓެވާޓުގެ މަރުވި ސަބަބެއް އާއިލާއިން އެއްވެސް މީޑިއާއަކާއި ހިއްސާކޮށްފައި ނުވެއެވެ.
2016 ވަނަ އަހަރު ޤައުމީ ޓީމުގެ ކޯޗު ކަމަށް ހަވާލުވުމަށްފަހު، އޭނަގެ އިރުޝާދުގެ މަތިން ޓީމަށް މާބޮޑު ކާމިޔަބީއެއް ހޯދައިދެވިފައި ނެތެވެ. މިކަމާއި ގުޅިގެން އެފްއޭއެމްއިން ވަނީ އޭނާއާއެކު ވެފައިވާ އެއްބަސްވުން އުވާލައި މަޤާމުން ދުރުކޮށްފައެވެ.
ސެޓްވާޓުގެ މަރާގުޅޭ އިތުރު މައުލޫމާތެއް މިވަޤުތު ލިބިފައި ނުވެއެވެ. އަދި އިތުރު މައުލޫމާތެއް ލިބުނުހާ އަވަހަކަށް ހިއްސާ ކޮށްލާނަމެވެ. ކުޑަ ނަމަވެސް ހިދުމަތެއް ދިވެހި ފުޓުބޯޅައަށް ކޮށްދީފައި ވާތީ، ފުޓުބޯލައަށް ލޯބިކުރާ ގިނަ ބަޔަކަށް މި ޚަބަރު ވެގެންދާނީ ހިތާމަވެރި ހަބަރަކަށެވެ.