ހެނދުނު ކަސރަތަސް ގޮސް އުޅެނިކޮށް ބަޑި ހިފައިގެންތިބި ބައަކު ވަގަށް ނެގި ޓެންޒޭނިއާގެ ބިލިއަނަރު މުޙައްމަދު ދޭވްޖީ ދޫކޮށްލައިފިއެވެ. މިމަހުގެ 11 ވނަ ދުވަހުގެ ރޭ ވަގަސް ނެތި މުޙައްމަދު ފެނިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކާރެއްގައި ބައިންދާފައި އިންދައެވެ.
ޓެންޒޭނިއާގެ އެންމެ މުއްސަނދި ބިލިއަނަރުންގެ ތެރޭގައި ހިމެނޭ މުޙައްމަދު ދޭވްޖީ ވަގަށް ނެގުމުން އެކަން ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. އެނާގެ ޢާއިލާއިން ވަނީ އޭނާ ސަލާމަތްކުރެވޭނެފަދަ މައުލޫމާތެއް ދިން ފަރާތަކަށް 1 ބިލިއަން ޓެންޒޭނިއާ ޝިލިންގ ހުށަހަޅައިފައެވެ. އެއީ ގާތްގަނޑަކަށް 440000 ޑޮލަރެވެ.
ފުލުހުން ބުނީ އުމުރުން 43 އަހަރުގެ ބިލިއަނަރުގެ ޞިއްޙީ ޙާލު ރަނގަޅު ކަމަށާއި އަތާއި ފައި ބަނދެފައި ބެހެއްޓިކަމުގެ ފާހަގަ ހުރުން ފިޔަވައި އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.