ސަމުންދަރީއަށް އުފަން ކެންޒާ ބާޝިރް ނަމަކަށް ކިޔާ އެކުޑަ ކުއްޖާ ދީފައިވާ އިންޓަވިއުގައި، އެކުއްޖާ ބުނެފައިވަނީ އޭނާއަށް އެގޭ މީހުން ކާން ވެސް ނުދޭ ކަމަށާއި، ވައްކަން ކުރީ ކަމަށް ބުން ބެލްޓުންނާއި ވަލުން ތަޅާ އަނިޔާ ކުރާ ކަމަށެވެ. އަދި ނިދަން ބޭނުންވުމުން، ނިދިޔަ ވެސް ނުދޭ ކަމަށް ކެންޒާ ބުންޏެވެ.
ކެންޒާގެ ބައްޕަވަނީ އޭނާ އަނބުރާ ގެއަށް ގެންގޮސްފައެވެ. އޭނާއަށް ކޮށްފައިވާ އަނިޔާތައް ވީޑިއޯ އެއްގައި ކިޔައިދީފައިވަނީ އެނބުރި ގެއަށް ދިޔުމަށްފަހުއެވެ.
މިމައްސަލައާއި ގުޅިގެން ރިވަލްޕިންޑީ ގެ ސީޕީއޯ ވަނީ، މިމައްސަލައިގެ ތަހުގީގު ގަޑުބަޑު ކުރަން އުޅުމުގެ ތުހުމަތުގައި، އެތަނުގެ އެސިސްޓެންޓް ސަބް އިންސްޕެކްޓަރެއް ސަސްޕެންޑު ކޮށްފައެވެ.
ޕާކިސްތާނުގެ ހިއުމަން ރައިޓްސް މިނިސްޓަރ ޑރ. ޝީރީން މަޒާރީ ޓްވިޓާ މެދުވެރިކޮށް ބުނެފައިވަނީ ކެންޒާއަށް އެއްވެސް އަނިޔާއެއް ކޮށްފައިނުވާ ކަމަށް އެކުއްޖާގެ ބައްޕަ ބުނިކަމަށެވެ.
ނަމަވެސް މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައި، ވަރަށް ގާތުން މިކަން ބަލަމުން އަންނަ ކަމަށް ވެސް ޑރ. ޝީރީން ބުނެފައިވެއެވެ.
މިމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް ވަނީ ސަމުންދްރީ އަށް ގޮސްފައެވެ.
"އެކުއްޖާއަށް އަނިޔާ ކުރި މީހުންގެ ތެރޭގައި، އާމީގައި ކުރިން މަސައްކަތް ކުރި ޑޮކްޓަރެއް ވެސް ހިމެނޭ. ކެންޒާއަށް އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރާނަން!" ޑރ. ޝީރީން ބުނެފައިވެއެވެ.
https://www.facebook.com/Ausulemani/videos/2131440733584870/?t=125
A police team has been sent to Sumandri to bring back the child and her parents. After Medical examination anFiR will be registered. Army has also been informed as the suspect is an Army doctor. We are keeping a close eye to ensure justice for the little girl https://t.co/Agt6Xn3soh
— Shireen Mazari (@ShireenMazari1) October 20, 2018