ނައިޖީރިއާގެ އަވަށެއްގައި ހުންނަ މާރުކޭޓެއް ތެރޭގައި މުސްލިމުންނާއި ނަސާރާ ދީނުގެ މީހުންގެ މެދުގައި ހިނގި ތަޅާފޮޅުމެއްގައި 55 މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.
މި ހަމަނުޖެހުންގަނޑުތެރޭ މަރުވެފައިވާ މީހުންގެ އަދަދު އިނގުނު ނަމަވެސް، މަރުވެފައިވަނީ ކޮން ދީނެއްގެ ބައެއް ކަމެއް ކަށަވަރެއް ނުވެއެވެ.
ނައިޖީރިއާގެ ރައީސް މުމައްމަދު ބުހާރީ ވިދާޅުވި ގޮތުގައި އެ ހަމަނުޖެހުން ހިނގީ ނައިޖީރިއާގެ ކަޑުނާ ސްޓޭޓްގައި ހުންނަ މާރުކޭޓުގައި ދެސަރަހައްދެގެ ޒުވާން މުސްލިމުންނާއި ނަސާރާއިން ދެމެދު ޖެހުނު މައްސަލަ އަކަށް ފަހުކަމަށެވެ.
މި މައްސަލައިގައި 12 މީހަކު ހައްޔަރުކޮށް އިތުރު ތަހުޤީޤުތަށް ކުރިއަށް އެބަގެންދާ ކަމަށް ނައިޖީރިޢާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތަށް ބުނެއެވެ.
ފަހަކަށް އައިސް ނައިޖީރިއާގައި ދީނީ ހަމަނުޖެހުންތަށް ގިނަވެފައިވާކަން ފާހަގަކޮށްލެވެއެވެ.