ނިވްޔޯކް ޓައިމްސްގައި މަސައްކަތްކުރަމުން އަި ސައުދީ ނޫސްވެރިޔާ ޖަމާލް ކަޝޯޤީ މަރުވީ އުފެދުނު ދެބަސްވުމެއްގެތެރެއިން ކަމަށް ސައުދިއަރަބިޔާއިން ބުނާ ބުނުން ތުރުކީގެ ރައީސް ޠައްޔިބް އުރުދުޤާން ދޮގުކުރައްވައިފިއެވެ.
ތުރުކީގެ ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން އުރުދުޤާން މިއަދު ވިދާޅުވީ ކަޝޯޤީ މަރާލީ ދުރާލައި ރާވައިގެން ކަމަށާއި އޭނާ މަރާލުމުގައި ތަފާތު 2 ޓީމަކުން ޙަރަކާތްތެރިވިކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށެވެ.
އުރުދުޤާން ވަނީ ކަޝޯޤީގެ ހަށިގަނޑު ވީތަނެއް ކޮންސިޔުލޭޓުގެ މުވައްޒިފުންނަށް ނުއެނގޭ ކަމަށް ބުނާ މައްސަލައިގައިވެސް ސުވާލު އުފައްދަވައިފައެވެ.
އުރުދުޤާން ވިދާޅުވީ ވިއެނާ ކޮންވެންޝަނުގައި ބުނާ ގޮތުން ބޭރު ޤައމުތަކުގައި ހުންނަ ކޮންސިޔުލޭޓްތައް ހުންނަ ބިމަކީ އެ ޤައުމެއްގެ ބިން ކަމަށް ނުވި ނަމަވެސް މިއީ ތުރުކީގެ ބިމުގައި ހިންގާފައިވާ ކަމަކަށްވާތީ އެއްވެސް ދުލެއް ނުދެއްވައި ތަޙްޤީޤް ފުރިހަމަކުރައްވާނެ ކަމަށެވެ.
ތުރުކީން ވަނީ މި މއްސަލައިގެ ތަޙްޤީޤް ކުރަން އދ ފަދަ ޖަމާއަތަކުން މަސައްކަތްކުރާނަމަ ތުރުކީގެ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.