ތުރުކީން ސައުދީންނަށް: ހަށިގަނޑު ދައްކަބަލަ! ޢާއިލާއިން ކަށުނަމާދުކުރަން ބޭނުންވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ތުރުކީން ސައުދީންނަށް: ހަށިގަނޑު ދައްކަބަލަ! ޢާއިލާއިން ކަށުނަމާދުކުރަން ބޭނުންވޭ!
ކޮންސިޔުލޭޓް ތެރޭގައި ނޫސްވެރިޔާ ކަޝޯޤީ މަރުވީ ކަމަށް ބުނުމުން ނުފުދޭ ކަމަށާއި ހަށިގަނޑު ދައްކަން ޖެހޭ ކަމަށް އަދި ޢާއިލާއިން ކަށުނަމާދުވެސް ކުރަން ބޭނުންވާ ކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީގެ ޚާރިޖީ ވަޒިރު ވިދާޅުވީ ސައުދީން 18 މީހަކު ހައްޔަރުކޮށްގެން އުޅެނީ ކީއްވެގެންކަން ބުނެދޭން ޖެހޭ ކަމަށެވެ. އަދި ކަޝޯޤީ މަރަން އެމީހުންނަށް އަމުރުކުރީ ކާކުކަންވެސް ބުނެދޭނެ ޖެހޭނެ ކަމަށެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ކަޝޯޤީގެ މަރާއިގުޅޭ ތަޙްޤީޤްތަކާއި އަދި އެމީހުންގެ ޝަރީޢަތް ކުރެވެން ޖެހޭނީވެސް ތުރުކީގައި ކަމަށެވެ. އަދި އެކަމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުންތަކެއް ތުރުކީން ދޭނެ ކަމަށެވެ.
މިއަދު އޮންލައިން