ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވަމުން އަންނަ ބީ.އެމް.އެލް، ޤައުމީ ފެތުމުގެ 43 ވަނަ މުބާރާތް އަންނަ ނޮވެމްބަރ މަހު ބޭއްވުމަށް ތާވަލުކޮށްފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
ސްވިމިންގ އެސޯސިއޭޝަނުން ބުނީ މި މުބާރާތް އޮންނާނީ ނޮވެމްބަރ 17 ން 24 އަށް މާލޭ ސްވިމިންގ ޓްރެކްގައި ކަމަށެވެ.
މި މުބާރާތުގައި ކްލަބްތަކުން ވާދަކުރާ ޓީމް ކެޓަގަރީ އާއި އޯޕަން ކެޓަގަރީގައި ވާދަކުރާ އުމުރުފުރާ ކެޓަގަރީތަކާއި މާސްޓަރސް އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ ކެޓަގަރީތައް ހިމެނޭނެކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
މުބާރާތުގެ މިއަހަރުގެ މެއިން ސްޕޮންސަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، މި މުބާރާތުގައި ބާއްވާ ކޮންމެ ކެޓަގަރީއެއްގައިވެސް އަންހެން އަދި ފިރިހެން އިވެންޓުތައް ކުރިއަށްދާނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމު 4 ނޮވެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ހުށަހަޅަން ޖެހޭ އިރު، މުބާރާތުގެ ޤަވާޢިދާއި ލިންކް އަދި ބައިވެރިވުމަށް އެދޭ ފޯމާއި މަޢުލޫމާތު ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނުގެ 3323429 ފޯނުންނާއި 3314206 ފެކްސް އަދި [email protected] އީމެއިލް މެދުވެރިކޮށްވެސް ލިބިވަޑައިގަންނަވާނެއެވެ.