ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ކުރައްވައިފި


ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ކުރައްވައިފި އެވެ. ޚަބަރުތައް ބުނާ ގޮތުން މަހންދަ ރާޖަޕަކްސަ އަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޔޫޕީއެފްއޭ ކޯލިޝަނުން ވަކިވުމުންނެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގައި ދާދިފަހުން ޚިޔާލު ތަފާތުވެ ސަރުކާރުން އިސްތިއުފާ ދީފައިވާ އިސް ގިނަބައަކު ބައިވެރިވިއެވެ. ބޮޑުވަޒީރުކަން މަހިންދަ ރާޖަ ޕަކްސައަށް ލިބިވަޑައިގަތުމުން އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ އުފާފަުޅުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.

ސްރީ ލަނކާގައި އެސްއެލްއެފްޕީ ޢާއި ޔޫއެންޕީ ގުޅިގެން ސަރުކާރެއް އުފެއްދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް މައިތިރިޕާލަ ސިރިސޭނަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ދެމެދުގައި ވަނީ މައްސަލަތައް ޖެހެން ފަށައިފައެވެ.

އިތުރު ތަފްޞީލް އަންނަނީ




މިއަދު އޮންލައިން