މެކްސިކޯ ބޮޑު ފާރު ގެ ފުރަތަމަ ފިޔަވަހި ދައްކާލައިފި!

ކިޔުމަށް ހޭދަވާނީ 38ސ
މެކްސިކޯ ބޮޑު ފާރު ގެ ފުރަތަމަ ފިޔަވަހި ދައްކާލައިފި!
އެމެރިކާ އާއި މެކްސިސޯ ބޯޑަރުގައި އަޅަމުންދާ ބޮޑު ފާރުގެ ފުރަތަމަ ފިޔަވަހި ދައްކާލައިފިއެވެ.

ބޮޑު ފެންސާ އެއްގޮތަށް ކެލެފޯނިއާ ހިސާބުގައި ހަދަމުންދާ މި ފާރުގެ އުސް މިނުގައި 30 ފޫޓު ހުންނާނެ ކަމަށް ބެލެވެއެވެ. އަދި މި ފާރުގެ ސަބަބުން ގަވައިދާ ހިލާފަށް މެކްސިކޯއިން އެމެރިކާއަށް އެތެރެވާ މީހުން މަދު ކުރެވޭނެ ކަމަށް އަވައްޓެރި އެމެރިކާ ސަރުކާރުން ދެކެއެވެ.

ނަމަވެސް، ހާލުގައި ޖެހިގެން އެމެރިކާއަށް މީހުން އެތެރެވާ އެ ބޯޑަރު ބަންދުކުރުމަށް ފަށާފައިވާ މަސައްކަތަށް ގިނަ ގައުމުތަކުން ދަނީ ފާޑުކިޔަމުންނެވެ.

އެމެރިކާއިން ބުނާގޮތުގައި ބޯޑަރު ސެކިއުރިޓީއަށް 800 އެއްހާ އެމެރިކާ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާނެއެވެ. އަދި ވީވަރަކުން ފާރު ހެދުމުގެ މަސައްކަތުގައި އަސްކަރިއްޔާއިން ވެސް ދާނީ ބައިވެރި ވަމުން ކަމަށް އޭނާ ބުނެއެވެ.


މިއަދު އޮންލައިން