އެމެރިކާގެ ސިޔާސީ މީހުންނަށް ޕާރުސަލް ބޮން ފޮނުވި މީހާ ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 42ސ
އެމެރިކާގެ ސިޔާސީ މީހުންނަށް ޕާރުސަލް ބޮން ފޮނުވި މީހާ ހައްޔަރުކޮށްފި!
އެމެރިކާގެ ސިޔާސީ ފަރާތްތަކަށް ޕާރުސަލް ބޮން ފޮނުވިކަމަށް ތުހުމަތުކުރެވޭ މީހާ އެމެރިކާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

އެގޮތުން އެމީހާ އެމެރިކާގައި ސިޔާސީ ގޮތުން އިސްކޮށް އުޅޭ ފަރާތްތަކަށް 13 ޕާރުސަލް ބޮން ފުނުވިކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑު ވިދާޅުވާ ބޭފުޅުންނަށް ފޮނުވިކަމަށް ބުނާ މި ބޮންތަކުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ފްލޮރިޑާއަށް އުފަން 56 އަހަރުގެ ފިރިހެނެކެވެ.

ސީޒާ ސަޔޮކް ނަމަކަށް ކިޔާ މިމިހާ ހައްޔަރުކޮށްފައި ވަނީ ފްލޮރިޑާގެ ޕްލާންޓޭޝަންގެ ސްޕެއާ ވިއްކާ ފިހާރައެއްގެ ކުރިމަތިންކަމަށް މައުލޫމާތު ލިބެއެވެ. މީޑިއާ ރިޕޯޓުތަށް ބުނާގޮތުން މިމީހާއަކީ އެމެރިކާގެ ރައީސް ޓްރަމްޕަށް މީގެ ކުރިން ތާއިދު ކުރި މީހެއް ކަމަށެވެ.

ނަމަވެސް މިމީހާ ބޮން ފޮނުވާފައިވަނީ އިދިކޮޅު ފަރާތްތަކަށްކަން މީޑިއާ ރިޕޯޓުތަކުން އެނގެއެވެ.

މިއަދު އޮންލައިން