ޑަބްލިއު.އެސް.އޭ ވުމަންސް ފުޓްސަލް ފިއެސްތާ އަންނަ މަހުގެ 3 ގައި. މިއަހަރު 8 ޓީމު ވާދަކުރޭ..

ކިޔުމަށް ހޭދަވާނީ 1މ 31ސ
ޑަބްލިއު.އެސް.އޭ ވުމަންސް ފުޓްސަލް ފިއެސްތާ އަންނަ މަހުގެ 3 ގައި. މިއަހަރު 8 ޓީމު ވާދަކުރޭ..
ޑަބްލިއު ސްޕޯޓްސް އެކަޑަމީ (ޑަބްލިއު.އެސް.އޭ) އިން ބާއްވަމުން އަންނަ ވުމަންސް ފުޓްސަލް ފިއެސްތާ އަންނަ ނޮވެމްބަރ މަހުގެ 3 ގައި ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރާތާއި ބެހޭގޮތުން ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑަބުލިއު ސްޕޯޓްސް އެކަޑަމީން ބުނީ މިއަހަރު 8 ޓީމު ވާދަކުރާ ކަމަށާއި އެއީ ކުޅުދުއްފުށިން 7 ޓީމާއި ނޮޅިވަރަމުން ޓީމެއް ކަމަށެވެ. އަދި ނަޞްރުގެ ދުވަހުގެ މުނާސަބާގައި ކުރިއަށް ގެންދާ މި މުބާރާތް އޮންނާނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްސަލް އެރީނާގައި ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ކުޅުދުއްފުށީގެ ޓީމުތަކަކީ ކޭވައިއާރުސީ، އައްޒަ77، އަމީރު އަމީން ސްކޫލް، އަފީފުއްދީން އެސްއާރުސީ، މަގުލަސް ކްލަބް، ކްލަބު ކޮރަލްސް، ޓީމް އެއީސީ އެވެ. ނޮޅިވަރަމުން ބައިވެރިވެފައިވަނީ ނޮޅިވަރަމް ޒުވާނުންގެ ގުޅުމެވެ.

ފައިބެއަހަރުގެ މުބާރާތުގައިވެސް 8 ޓީމު ވާދަކޮށްފައިވާއިރު، ފައިނަލުގައި ބިއަޑް އާބައްދަލުކޮށް 3-1 ން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ކޭވައިއާރްސީ އިން ނެވެ.

ކުޅުދުއްފުށީގެ އަންހެނުންނަށް ކުޅިވަރުގެ މައިދާނުން ފުރުޞަތުތައް ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި ބާއްވަމުން އަންނަ މި މުބާރާތައް މިދިޔަ އަހަރުވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި ފާއިތުވި މުބާރާތްތަކުގައި ޤައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއްވެސް ވަނީ ކުޅެ، ކުޅުދުއްފުށީގެ ކުޅުންތެރިންނަށް ގިނަ ތަޖުރިބާތަކެއް ލިބިފައެވެ.

މުބާރާތުގެ ޤަވާޢިދުގައިވާގޮތުން ކޮންމެ ޓީމަކަށްވެސް ޤައުމީ ސްކޮޑްގައި ހިމެނޭ ދެ ކުޅުންތެރިންނަށް ކުޅެވެއެވެ.

ޑަބުލިއު ސްޕޯޓްސް އެކަޑަމީ އަކީ ކުޅުދުއްށީގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިޔުމާއެކު އެރަށުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ވަރަށް ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދާ ޖަމިއްޔާއެކެވެ.

މިއަދު އޮންލައިން