އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް އެފްއޭއެމްގެ އިސްވެރިން މެލޭޝިއާއަށް ވަޑައިގަތުމަށް ހަމޖެހިއްޖެއެވެ.
އެގޮތުން މެލޭޝިއާއަށް ވަޑާއިގަންނަވަނީ އެފްއޭއެމްގެ ރައީސް ބައްސާލް އަދީލް ޖަލީލާއި ސީނިއަރ ނައިބް ރައީސް އަހުމަދު ޝަކީބު އަދި ޖެނަރަލް ސެކްޓަރީ ހުސައިން ޖަވާޒު އެވެ. އަދި އޭއެފްސީގެ އެގްޒެކެޓިވް ކޮމެޓީއާއި މާކެޓިންގ ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނަވާ މުޙައްމަދު ޝަވީދު ބައިވެރިވެވަޑައިގެންނަވައެވެ.
މިބޭފުޅުން މިއަދުގެ ވަގުތެއްގައި ފުރާވަޑައިގަތުމަށް ވަނީ ނިންމާފައެވެ.
އަހަރީ ޢާންމު ޖަލްސާގައި އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ނިންމުންތައް ނިމިގެންދާ އިރު، ޔޫތު ޑިވޮލަޕްމަންޓާއި އިންފްރާސްޓަކްޗާރ ތަރައްޤީ ކުރުމަށް ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ގުޅޭ ނިންމުންތައްވެސް ނިންމާނެއެވެ.
އަހަރީ ޢާންމު ޖަލްސާގައި އޭޝިއާ ބައްރުގެ ފުޓްބޯޅަ އެސޯސިއޭޝަންތައް ބައިވެރިވާއިރު، މުހިންމު ނިންމުތަކެއް ނިމުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އޭއެފްސީގެ ރައީސް ކަމަށް ވާދަކުރާ ބޭފުޅަކު ނޮމިމޭޓް ކުރާ ޤައުމުތަކުގެ ތެރޭގައި ރައީސް ކަމަށްވާދަރާ ބޭފުޅަކު ނިސްބަތްވާ ޤައުމު ލާޒިމްވާ މާއްދާ އުވާލުމަށް ވަނީ ހުށަހަޅާފައެވެ.