އިސްރާއީލަކީ ދައުލަތެއްކަން ގަބޫލުކުރަންޖެހޭ ވަގުތު އަތުވެއްޖެ ކަމުގައި ސަލްޓަނެޓް އޮފް އޮމާން އިން ބުނެފިއެވެ.
'މަނާމާ ޑައިލޮގް' ކޮންފަރެންސް އަށް ދިން ބަސްދީގަތުމެއްގައި އޮމާންގެ ޚާރިޖީ ވަޒީރު ޔޫސުފު ބިން ޢަލަވީ ވިދާޅުވީ ''އަހަރެން މިވާހަކަ މިބުނަނީ ފުރަތަމަ ފަހަރަށް، އިސްރާއީލަކީ މި ސަރަހައްދުގައި އޮތް ގައުމެއް، އަހަރުމެން އެންމެންނަށް އެކަން އެނގޭ." ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބުނި ގޮތުގައި އިސްރާއީލާ ގަލްފު އަރަބި ގައުމުތަކާމެދު ގާތްގުޅުމެއް އުފެދެނީ ދެ ފަރާތުގެވެސް ދުޝްމަނަކަށް އީރާން ވާތީއެވެ. އަނެއްކޮޅުން، އިސްރާއީލުން ބޭނުންވަނީ މުސްލިމް ގައުމުތައް ބައިބައިކުރުމަށް ކަމަށް ބުނެ އީރާނުން ވަނީ ނަތަންޔާހޫގެ ދަތުރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.