ޔަހޫދީންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 11 މީހުން މަރުވެއްޖެ!

ކިޔުމަށް ހޭދަވާނީ 45ސ
ޔަހޫދީންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 11 މީހުން މަރުވެއްޖެ!
އެމެރިކާގެ ޕިޓްސްބާގުގައި ހުންނަ ޔަހޫދީ ފައްޅިއަކަށް ވަން މީހަކު ދިން ބަޑީގެ ހަމަލާއެއްގައި 11 މީހުން މަރުވެ، ހަތަރު މީހުން ޒަޚަމްވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ފައްޅިތެރޭގައި އަޅުކަން ކުރަންތިބި ޔަހޫދީންނަށް ދިން ހަމާލާގައި ހަތަރު ފުލުހެއް ވަނީ މަރާޅާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި މީހާ ފައްޅިއަށް ވަނީ ''ހުރިހާ ޔަހޫދީން މަރުވާން ޖެހޭ'' ކަމަށް ގޮވަމުން، ދުވެފައި ގޮސްފައެވެ. އަދި ދުވެފައި ދިޔަ އިރުވެސް ބަޑި އޮތީ ތައްޔާރީ ހާލަތުގައި އޭނާގެ އަތުގައި ކަމަށް ރިޕޯޓުތަށް ބުނެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުޅަނގު ޕެންސިލްވީނިޔާގެ އެޓާނީ ސްކޮޓް ބްރޭޑީ ވިދާޅުވީ ހަމަލާދިނީ ޕިޓްސްބާގުގައި ދިރިއުޅޭ އުމުރުން 46 އަހަރުގެ ރޮބަޓް ބޯވާސް ކަމުގައެވެ. އަދި އެމީހާ މިހާރު ވަނީ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައިއެވެ.

ނަމަވެސް، އެ މީހާގެ މައްޗަށް ދައުވާއެއް އުފުލާފައި ނުވެއެވެ.

މިއަދު އޮންލައިން