188 މީހުންނާއެކު ދަތުރުކުރި އިންޑޮނީޝިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މިހާދިސާގައި، ވެއްޓިފައިވަނީ އިންޑޮނޭޝިއާގެ ލައަން އެއާ 737 މަރުކައިގެ ބޮއިން ފްލައިޓް ޖޭޓީ 610 ގެ ނަމުން ނަންދީފައިވާ މުޅިން އައު ބޯޓެއްކަމަށް ރިޕޯޓުތަކުން މައުލޫމާތު ލިބިފައިވެއެވެ.
މިބޯޓު ކަނޑަށް ވެއްޓިފައިވަނީ ޖަކާޓާއިން ފުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވީކަމެއް ނުވަތަ ނުވާކަމެއް އަދި ހާމަވެފައެއް ނުވެއެވެ.
މީގެ އިތުރުން މިމަތިންދާބޯޓު ވެއްޓެން ދިމާވި ސަބަބެއް ވެސް އަދި ހޯދިފައެއް ނުވެއެވެ.