ކަޝޯޤީ ވަނީ ކޮންސިޔުލޭޓަށް ވަންތަނުން އަތުލައިގަނެ މަރާލައި ކޮށާލައި ނައްތާލާފަ: ތުރުކީގެ ޕީޖީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ކަޝޯޤީ ވަނީ ކޮންސިޔުލޭޓަށް ވަންތަނުން އަތުލައިގަނެ މަރާލައި ކޮށާލައި ނައްތާލާފަ: ތުރުކީގެ ޕީޖީ
ސައުދީ ނޫސްވެރިޔާ ޖަމާލް ކަޝޯޤީ ވަނީ ކޮންސިޔުލޭޓަށް ވަންތަނުން އަތުލައިގަނެ މަރާލައި ކޮށާލައި ނައްތާލާފައި ކަމަށް ތުރުކީގެ ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) ވިދާޅުވެއްޖެއެވެ.

ސައުދީގެ ޕްރޮސެކިޔުޓަރ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގަތުމާއިއެކު ތުރުކީގެ ޕީޖީ އޮފީހުން ބުނެފައިވަނީ ދަތުރުން ލިބުނު ކުރިއެރުމެއް ނެތް ކަމަށެވެ. އަދި ކަންކަން ހާމަކުރަން މަޖުބޫރުވުމުން ހާމަކުރީ ކަމަށެވެ.

"އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކަޝޯޤީ ސައުދީ ކޮންސިޔުލޭޓަށް ވަންތަނުން ވަނީ އަތުލައިގަނެ ބޭހެއްދީ މައިތިރިކޮށްފަ. ދެން މަރާލައި ގުނަވަންތައް ބުރިބުރިކޮށް ކޮށައިލުމަށްފަހު ނައްތައިލީ."

މީގެ ކުރިން މިފަދަ ޚަބަރުތައް ފަތުރާފައިވަނީ އެކި ފަރާތްތަކުންނެވެ. ތުރުކީން ރަސްމީކޮށް ދިން މިއީ މިފަދަ ފުރަތަމަ ބަޔާނެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިއީ ދުރާލައި ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

މިހާދިސާ ހިންގިތާ 3،4 ދުވަހެއްގެ ތެރޭގައި ސައުދީން ވަނީ އެމެރިކާއަށް 100 މިލިއަން ޑޮލަރު ދީފައެވެ.



މިއަދު އޮންލައިން