ދިރާގުން ދެމުން އައި މޯބައިލް ނަންބަރ ޕޯޓެބިލިޓީ (އެމްއެންޕީ) ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު އަލުން އެ ޚިދްމަތް ދޭން ފަށައިފިއެވެ.
ދިރާގުން ބުނެފައިވަނީ އަލުން މި ހިދުމަތް ދޭންފެށުމާއި ގުޅިގެން، އެ ނެޓްވޯކްގެ ކަސްޓަމަރުންނަށް އެމްއެންޕީ ކޯޑު ޖެނެރޭޓް ކުރެވޭނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 31 އިން ފެށިގެން މި ހިދުމަތް ކަސްޓަމަރުންނަށް ލިބެއެވެ.
އެމްއެންޕީ ޚިދުމަތް މެދުކަނޑާލާފައިވަނީ ސިސްޓެމް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތަކަށް ވަގުތީ ގޮތުންނެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހުއެވެ.
ދިރާގަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއެއްގައި ޓެލެކޮމްގެ ހިދުމަތްތަށް ފޯރުކޮށްދެމުން އަންނަ ނެޓްވޯކްކަން ފާހަގަ ކުރެވެއެވެ.