'ޒީރޯ' ގެ އައު ޕޯސްޓަރެއް ދައްކާލައިފި!

ކިޔުމަށް ހޭދަވާނީ 54ސ
'ޒީރޯ' ގެ އައު ޕޯސްޓަރެއް ދައްކާލައިފި!
ޝާހްރުކް ޚާންގެ އާ ފިލްމް ''ޒީރޯ'' ގެ ޓްރެއިލަރ ނެރެން އެއް ދުވަހަށް ވެފައިވަނިކޮށް ފިލްމުގެ އާ ޕޯސްޓަރެއް ދައްކާލައިފިއެވެ.

ޒީރޯގެ ޓްރެއިލަރ ނެރޭނީ މިއަދުއެވެ. ޒީރޯގައި ޝާހްރުކް ކުޅެނީ އިސްކޮޅުން ކުރު މީހެއްގެ ރޯލެވެ. މީގެ ކުރީން މި ފިލްމުގެ ކާސްޓުންގެ ތެރޭ ހިމެނޭ ކެޓްރީނާ އާއި އަނުޝްކާގެ ލުކް ވަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.

ޓްރެއިލަރ ނެރެން އެއް ދުވަހަށް ވެފައިވަނިކޮށް ޕޯސްޓަރު މީސްމީޑިއާގައި ހިއްސާކުރީ އަނުޝްކާ އާއި ޝާހް ރުކް އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޒީރޯގެ ޓްރެއިލަރ އަކީ މިއަހަރު ނުކުންނާނެ އެންމެ މޮޅު އެއް ޓްރެއިލަރެވެ.

ޝާހް ވަނީ ކަޓްރީނާގެ ޕޯސްޓަރުވެސް އިންސްޓާގުރާމް މެދުވެރިކޮށް އާއްމުކޮށްފައެވެ.

މިއަދު އޮންލައިން