މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މިއަދު ބާއްވައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި
ރާއްޖޭގައި އެންމެ ގިނަ ދުވުންތެރިން ބައިވެރިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ފައިބެއަހަރުތަކުގައި ބައިވެރިކޮށްފައިވަނީ 3،000 މީހުންނެވެ. ނަމަވެސް މިއަހަރު އެ ޢަދަދު 4،000 އަށް ބަދަލުކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލިތާ 48 ގަޑި އިރުގެ ތެރޭގައި ހުރިހާ ޖާގައެއް ވަނީ ފުލްވެފައެވެ.
ދިރާގުން މިއަދު ބާއްވާފައިވަނީ ދިރާގު މޯލްޑިވްސް ރޯޑު ރޭހުގެ 12 ވަނަ ދުވުމެވެ. މިއަހަރުގެ ދުވުމުގައި ދޭ މެޑަލްގެ ފަރުމާއަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި މި އަހަރު މި ދެ މެޑަލް އާ ޑިޒައިނަކާއެކު 5 އަދި 10 ކިލޯމީޓަރު އެނގޭގޮތަށް ވަނީ ދެ މެޑަލްގެ ގޮތުގައި ވަކިކޮށްފައެވެ.
މިއަހަރުގެ ދުވުންވެސް ދިރާގުން ބާއްވާފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާ