އުރީދޫ އިން ތެލެސީމިއާ ސޮސައިޓީ އާއި އެކު ބްލަޑް ޑޮނޭޝަން ކޭމްޕެއް ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އުރީދޫ އިން ތެލެސީމިއާ ސޮސައިޓީ އާއި އެކު ބްލަޑް ޑޮނޭޝަން ކޭމްޕެއް ބާއްވަނީ

23 ނޮވެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަން ރަން ކަމަށްވާ އުރީދޫ ކަލަރ ރަން 2018ގެ ޗެރިޓީ ޕާޓްނަރ އަކީ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ (އެމް.ޓީ.އެސް) ކަމަށް އުރީދޫ އިން މިއަދު އިއުލާން ކޮށްފިއެވެ.

 

މި ޕަރޓްނާޝިޕްގެ ދަށުން، 12 ނޮވެމްބަރ ވާ ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބޭއްވިގެންދާނެއެވެ. މި ކޭމްޕުގެ މަޤްސަދަކީ، ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ލޭ ހޯދުމުގެ އިތުރުން، އާދަކޮށް ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޑޭޓާބޭސްއަށް އިތުރު ބައިވެރިން ހޯދައި، ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.

 

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ "ގިނަ ބޭފުޅުންގެ ތަރުޙީބާއި އެކު އުރީދޫގެ މި ކުލަގަދަ ދުވުމުގެ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ދާއިރު، އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނަރުންގެ މަސައްކަތްތައް ހިއްސާކޮށް، އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކަލަރ ރަންގެ ޕްލެޓްފޯމް ބޭނުންކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ހަމެއެހެންމެ، އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނަރއަށް ކަލަރރަން އިން ލިބޭ މާލީ ފައިދާއިން ބައެއް ހަދިޔާ ކުރެވިގެންދާނެ. ކުޑަ ޓީމަކާއި އެކު ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، މިއަހަރުގެ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރއަށް ވުމަކީ އަޅުގަނޑުމެން ނުހަނު ފަޚުރުވެރިވާ ކަމެއް." ކަމަށެވެ.

 

މޯލްޑިވިއަން ތެލެސީމިއާ ސޮލައިޓީ އަކީ، ޕޭޝަންޓުންގެ އާއިލާތަކުން އިސްނަގައިގެން، 1994ވަނަ އަހަރު އުފައްދާފައިވާ އެން.ޖީ.އޯ އެކެވެ. މި ޖަމިއްޔާގެ އަމާޒަކީ، ރާއްޖޭގެ ތެލެސީމިއާ ޕޭޝަންޓުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް، ތެލެސީމިއާ ކޮމިއުނިޓީ އަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިއަދު އޮންލައިން