ފޯރިއާއެކު "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" ފެށިއްޖެ

ކިޔުމަށް ހޭދަވާނީ 51ސ
ފޯރިއާއެކު "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" ފެށިއްޖެ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކޮށްގެންބާއެްވާ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" މިއަދު ހަވީރު ހެންވޭރު ބޯޅަ ދަނޑުގައި ފެށިއްޖެއެވެ.

މިފެސްޓިވަލްގައި ދިރާގާއިއެކު ބައެއް އެންޖީއޯތަކާއި ސްކޫލްތަކުން ވެސް ބައެިވެރިވެފައިވެއެވެ.

އެގޮތުން ބައިވެރިވާ އެންޖީއޯ ތަކަކީ މޯލްޑިވްސް އެސޯސިއޭޝަން ފޮ ފިޒިކަލް ޑިސެބިލިޓީސް (އެމްއޭޕީޑީ)، ބިއުޓިފުލް އައިސް ޑައުން ސީންޑްރޯމް އެސޯސިއޭޝަން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އަދި ކެއާސޮސައިޓީއެވެ. މީގެ އިތުރުން 11 ސްކޫލަކުން ވެސް ބައިވެރިވެފައިވެއެވެ.

ދިރާދުން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު ހަވީރު 16:00 އިން އިރުއޮއްސި 18:00 އާއި ހަމައަށް މިފެސްޓިވަލް ކުރިއަށް ދާނެއެވެ.

ތަފާތު އެކިއެކި ހަރަކާތްތައް ހިމަނާފައިވާ މިފެސްޓިވަލްގައި، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވޭއިރު ވަނަވަނައަށްދާ ކުދިންނަށް މެޑަލް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

ފޯރިގަދަ މިފެސްޓިވަލްގައި ބެޓަން ރެލީ، އަދި ދުވުން ފަދަ ކުޅިވަރުތައް ވެސް ހިމެނެއެވެ. 

މިއަދު އޮންލައިން