ދަތިތަކާ ކުރިމަތިލާންޖެހުނު ނަމަވެސް ފަހަތަށް ފިޔަވަޅު އަޅާކަށް ނެތިން: ސިރިސޭނަ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ދަތިތަކާ ކުރިމަތިލާންޖެހުނު ނަމަވެސް ފަހަތަށް ފިޔަވަޅު އަޅާކަށް ނެތިން: ސިރިސޭނަ

މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަތިތަކާއި ކުރިމަތިލައްވަން ޖެހވަޑައިގެންނެވި ނަމަވެސް ފަހަތަށް ފިޔަވަޅު އަޅުއްވަން ނެތިން ކަމަށް ސްރީ ލަންކާގެ ރައީސް، މައިތިރިޕާލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ.

 

ސިރިސޭނަ ވިދާޅުވީ ބޭނުންފުޅުވަނީ ސްރީލަންކާއަކީ ހަމަ ޙަޤީޤަތުގައިވެސް ބާރުގަދަ ޤައުމަކަށް ހައްދަވަން ކަމަށެވެ. އަދި އެންމެން ގުޅިގެން ޤައުމު ތަރައްޤީކުރައްވަން ކަމަށެވެ.

 

އދ އިން ކުރަމުން ގެންދާ ޕްރެޝަރުތަކާއި ގުޅިގެން ސިރިސޭނަ ވިދާޅުވީ އދގެ ސެކެޓްރީ ޖެނެރަލާއިއެކު ވަރަށް ގިނައިރު މަޝްވަރާ ކުރައްވާފައިވާނެ ކަމަށާއި ބޮޑު ވަޒީރަކަށް މަހިންދަ ރާޖަޕަކްސަ އައްޔަނުކުރެއްވީ ޤާނޫނީ އިމުގެ ތެރެއިންކަން ބަޔާންކޮށްދެއްވާފައިވާނެ ކަމަށެވެ.

މިއަދު އޮންލައިން