މެމްބަރު ލަޠީފުގެ 'އެއްލައްކަ ކަޕް' އަންނަ މަހު ބާއްވަނީ

ކިޔުމަށް ހޭދަވާނީ 1މ 26ސ
މެމްބަރު ލަޠީފުގެ 'އެއްލައްކަ ކަޕް' އަންނަ މަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހއ. ދިއްދޫގައި ޞާއްވަމުން އަންނަ 'އެއްލައްކަ ކަޕް' އަންނަ ޑިސެމްބަރ މަހު ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޑިސެމްބަރު 1-15 އަށެވެ. މިއީ "އެއްލައްކަ ކަޕް" ގެ 5 ވަނަ މުބާރާތެވެ.

ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިޚާބުވެވަޑައިގެން ދައުރުގެ ކޮންމެ އަހަރަކު މުބާރާތެއް ބާއްވަން ލަތީފް ވަނީ ވަޢުދުވެވެވަޑައިގެންފައެވެ. އަދި މިއަހަރުގެ މުބާރާތާއެކު އެ ވަޢުދު ފުރިހަމަވާނެއެވެ. އެގޮތުން އެކަން ފާހަގަކުރަން އަންނަ އަހަރު ޚާއްޞަ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް ލަޠީފް ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރުގެ ބާއްވަން ނިންމާފައިވާ މި މުބާރާތުގައި އަތޮޅުގެ އެހެން ރަށްރަށަށްވެސް ދަޢުވަތުދޭނެ ކަމަށާއި މިއީ މުޅިން އާ މުބާރާތެއް ކަމަށްވެސް ލަޠީފް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ އެއްލައްކަ ކަޕުގެ ބައިވެރިވުމުގެ ފުރުޞަތު ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލާފައިވާ އިރު، ގުރުނެގުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މި ރަސްމިއްޔާތު ޓީވީ މޯލްޑިވްސް އިން ވަގުތުން ދައްކާގޮތަށްވެސް ވަނީ ނިންމާފައެވެ.

އެއްލައްކަ ކަޕް މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޗަންދާއެއް ދައްކަން ނުޖެހޭނެ އިރު، މުބާރާތުގެ ފަރާތުން ކޮންމެ ޓީމަކަށް ޖާރޒީ ބައެއްވެސް ދެއެވެ.

މި އަހަރުގެ މުބާރާތަށް ބިދޭސީ ރެފްރީން ގެންނަން ނިންމާފައިވާ އިރު، ފައިބެދެ އަހަރުގެ ޗެމްޕިއަން ބްލެކްޒީނޯ ޓީމުން ތަށި މިލްކުކުރަން ނުކުތުމަކީވެސް މިއަހަރުގެ މުބާރާތް ޚާއްޞަވާ ސަބަބެކެވެ.

މިއަދު އޮންލައިން