ޓީއެފްޖީ ބޮޑުހާފުގައި ބައިވެރިވުމަށް ފަހު ފުރުޞަތު ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 33ސ
ޓީއެފްޖީ ބޮޑުހާފުގައި ބައިވެރިވުމަށް ފަހު ފުރުޞަތު ހުޅުވާލައިފި

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން މިއަހަރު ބޭއްވުމަށް ނިންމާފައިވާ ބޮޑުހާފުގައި ބައިވެރިވުމަށް ފަހުފުރުޞަތު ހުޅުވާލައިފިއެވެ.

3 ގިންތިއަކަށް ބާއްވާ މި ދުވުމާއިބެހޭގޮތުން ޓީއެފްޖީ އިން ބުނީ ބޮޑުހާފުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ އާއި ވީހާވެސް ގިނަ ދުވުންތެރިންނަށް ފުރުޞަތު ދިނުމުގެ ގޮތުން އިތުރު ފުރުޞަތެއް ދީފައިވާ ކަމަށެވެ.

ބޮޑުހާފު ދުވުމަކީ 5 ކިލޯ މީޓަރ، 10 ކިލޯ މީޓަރ އަދި 21 ކިލޯމީޓަރގެ ދުވުން ހިމެނޭ އިވެންޓެކެވެ. އެހެންނަމަވެސް އެމީހަކު ބޭނުން ކެޓަގަރީއެއްގައި ދުވެވިދާނެއެވެ.

މި ނޮވެމްބަރ މަހުގެ 10 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވާ މި ދުވުމާއި ބެހޭގޮތުން ޓީއެފްޖީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިސްތޯ ވިދާޅުވީ މީގަ ހިމަނާފަ މިއޮތީ 3 ކެޓަގަރީއެއް. އެއީ 5، 10 އަދި 21 ކިލޯ މީޓަރ. މިގޮތަށް އޮތަސް ހަމައެކަނި 5 ކިލޯ މީޓަރ ދުވަން ބޭނުންވާ މީހާ ހަމައެކަނި ހަމައެކަނި އެ ކެޓަގަރީގައި ދުވެވިދާނެ" ކަމަށެވެ.

އެހެންނަމަވެސް މި އިވެންޓުގެ ނުވަތަ ދުވުމުގެ ޗެލެންޖަކީ އެ ހުރިހާ ކެޓަގަރީއެއްވެސް ފުރިހަމަކުރުން ކަމަށާއި ކޮންމެ ކެޓަގަރީއެއްވެސް ފެށުމަށް ވަނީ ވަގުތެއް ކަނޑައެޅި، ނިންމަންޖެހޭ ވަގުތެއްވެސް ކަނޑައަޅާފައިވާކަމަށް މިސްތޯ ވިދާޅުވިއެވެ.

އެގޮތުން 5 ކިލޯމީޓަރ ދުވުން ފަތިހު 05:30ގައި ފަށާއިރު، 45 މިނެޓުގެ ތެރޭގައި ނިންމަން ޖެހެއެވެ. 10 ކިލޯމީޓަރ ދުވުން 06:30ގައި ފަށާ އިރު، 1 ގަޑި 30 މިނެޓު ނިންމަން ލިބެއެވެ. 21 ކިލޯމީޓަރގެ ދުވުން ފެށުމަށް 08:30 ނިންމާފައިވާ އިރު، މި ރާސްތާ ކަޑައްތުކުރުމަށް ތިންގަޑި އިރު ލިބެއެވެ.

ކޮންމެ ކެޓަގަރީއެއް ނިންމުމުންވެސް މެޑެލް ލިބޭނެ ކަމަށާއި އެހެންނަމަވެސް ’ބޮޑުހާފު‘ މެޑެލް ނުވަތަ ޝަރަފް ލިބޭނީ ހުރިހާ ކެޓަގަރީއެއް ނިންމާ ފަރާތްތަކަށް ކަމަށެވެ.

މި އިވެންޓުގައި ބައިވެރިވުމަށް މިހާރުހުޅުވާލާފައިވާ ފުރުޞަތުގައި   www.gotorace.com/event/bodu-haaf މެދުވެރިކޮށް ނުވަތަ ޓީއެފްޖީއަށް ވަޑައިގެންވެސް ބައުވެރިވުމުގެ ދޮރު ވަނީ ހުޅުވާލާފައެވެ.

މިއަދު އޮންލައިން