ދީވާލީ ފާހަގަކުރަން ބަޑިބޭހުގެ ކުޅިވަރު ކުޅެނިކޮށް 50 މީހުން ފިހިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ދީވާލީ ފާހަގަކުރަން ބަޑިބޭހުގެ ކުޅިވަރު ކުޅެނިކޮށް 50 މީހުން ފިހިއްޖެ

އިންޑިއާގެ ހައިދަރު އާބާދުގައި ހިންދޫ ދީނުގެ ދީނީ ޢީދެއް ކަމަށްވާ ދީވާލީ ފާހަގަކުރަން ބަޑިބޭހުގެ ކުޅިވަރު ކުޅެނިކޮށް 50 މީހުން ފިހިއްޖެއެވެ. އެމީހުން ގެންދެވުނު އެސް.ޑީ.އީ ހޮސްޕިޓަލުން ބުނީ ރޭ ދަންވަރު އާއި ފަތިހު ފިހިގެން ގިނަ ބައަކު ހޮސްޕިޓަލަށް ގެނެވުނު ކަމަށާއި 8 މީހެއްގެ ހާލު ނުރައްކާ ކަމަށެވެ.

މިމީހުން ފިހިފައިވަނީ ބާރުގަދަ ފަޓާސް ފަދަ ތަކެތި ބޭނުންކޮށްގެން ހަވާ އެރުވުމުގެ ތެރޭގައެވެ. އެވަގުތު މަގުން ދުއްވާފައި ދިއަ އޮޓޯއެއްގައި އިން އަންހެނަކުވެސް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

މިއަދު އޮންލައިން