އެމެރިކާގެ ކޮންގްރެސް އިންތިޚާބުގައި މުސްލިމް ދެ އަންހެނަކަށް ކާމިޔާބީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
އެމެރިކާގެ ކޮންގްރެސް އިންތިޚާބުގައި މުސްލިމް ދެ އަންހެނަކަށް ކާމިޔާބީ!

އެމެރިކާގައި އަންގާރަދުވަހު ދައުރުގެ މެދުތެރޭން ބޭއްވި އިންތިޚާބުގައި ނުވަތަ އެމެރިކަން ކޮންގްރެސްގައި މުސްލިމް ދެ އަންހެނަކު ކާމިޔާބީ ހޯދައިފިއެވެ.

 

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދަށު، ކޮންގްރެސްގައި ވާދަކޮށް ގޮނޑި ކަމިޔާބު ކުރި ދެކަނބަލުންނަކި މިޗިގަންއިން ވާދަކުރެއްވި ރަޝީދާ ޠުލައިބާއި މިނެސޯޓާއިން ވާދަކުރެއްވި އިލްހާން އުމަރުއެވެ.

ފަލަސްޠީނު އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ޠުލައިބު މިޗިގަން އަދި ސޯމާލިޔާގެ އާއިލާއަކުން ވަޑައިގެން ހުންނެވި އިލްހާން އުމަރު ވެސް ކޮންގްރެސް ކާމިޔަބު ކުރީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތި ލައްވައިގެނެވެ.

 

މިއި ފުރަތަމަ ފަހަރަށް އެމެރިކާގެ ގަނޫނު ހަދާ މަޖިލިހަށް ހޮވުނު އަންހެން ދެ ބޭފުޅުންނެވެ.

މިއަދު އޮންލައިން