ބަންހްލަދޭޝް ރައްޔިތުން ފުރާނައިން ޤުރްބާންވެ ބޮޑުވަޒީރު މޯދީ އާ ދެކޮޅުކަން ހާމަކުރުން- ސަރަހައްދަށް އޮތް ކަންބޮޑުވުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ބަންހްލަދޭޝް ރައްޔިތުން ފުރާނައިން ޤުރްބާންވެ ބޮޑުވަޒީރު މޯދީ އާ ދެކޮޅުކަން ހާމަކުރުން- ސަރަހައްދަށް އޮތް ކަންބޮޑުވުމެއް!

ބަންގްލަދޭޝްގެ 50 ވަނަ މިނިވަންދުވަސް ދުވަސް ފާހަަގކުރުމުގެ އިޙްތިފާލްތައް ޝަރަފުވެރިކޮށްދެއްވަން އިންޑިޢާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބަންގްލަދޭޝްއަށް ވަޑައިގަތުމުން އެކަމާއި ދެކޮޅަށް ބަންގްލަދޭޝް ރައްޔިތުން ކުރި މުޒާހަރާތަކުގައި 10 މީހުންނަށްވުރެ ގިނަ މީހުން މަރުވެ އެތައް ބައަކު ޒަޚަމްވުމުން ސިޔާސީ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

އެއީ އިންޑިއާ އަކީ ސާކް ސަރަހައްދުގެ "ހެޑް" ކަމުގައިވާއިރު އިންޑިއާގެ ވެރިއަކާއިމެދު ޤަމުތަކުގެ ރައްޔިތުންގެ މެދުގައި މިހައި ބޮޑު ކަންބޮޑުވުމެއް އޮތުމުންނެވެ.

މޯދީ ވަޑައިގަތުމުގެ ކުރިން ފެށިގެން ކުރަން ފެށި މުޒާހަރާތަކުގައި މީހުން މަރުވެ ގިނަބައަކަށް އައީ އަނިޔާ ލިބެމުންނެވެ. މުޒާހަރާކުރި މީހުން ބުނަމުން ގެންދިއައީ ބޮޑުވަޒީރު މޯދީ އިސްވެ ހުންނަވައި މުސްލިމުންނަށް ވަރަށް ބޮޑެތި އަނިޔާތައް ކުރައްވާފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ބަންގްލަދޭޝްގައި ވެރިކަންކުރާ ސަރުކާރަކީ ރައްޔިތުންގެ އިޙްޞާޞްތަކަށް އެއްވެސް ވަރަކަށް ސަމާލުކަންދޭ އަދި މުސްލިމުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ ސަރުކާރެއްނަމަ ބޮޑުވަޒީރު މޯދީއަށް އެ ޝަރަފް ނުދޭނެކަމަށެވެ.

ގުޅުންހުރި ލިޔުމެއް: 

 

https://www.nytimes.com/2021/03/27/world/asia/bangladesh-protests-modi.html

 

މިއަދު އޮންލައިން