އިންޑިއާގަ ގިނަ ބައަކު މަރުވަމުންދަނީ ހޮސްޕިޓަލްތަކުގަ ވަސީލަތް ނެތުމުން ކަމަށްބުނެ ސަރުކާރާ ޖިނާޢީ ދައުވާކުރަން ރައްޔިތުން ތައްޔާރުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އިންޑިއާގަ ގިނަ ބައަކު މަރުވަމުންދަނީ ހޮސްޕިޓަލްތަކުގަ ވަސީލަތް ނެތުމުން ކަމަށްބުނެ ސަރުކާރާ ޖިނާޢީ ދައުވާކުރަން ރައްޔިތުން ތައްޔާރުވަނީ!

އިންޑިއާގެ ބައެއް ރައްޔިތުން ބުނަމުން ގެންދަނީ މީހުން މަރުވުން އިތުރުވަމުން ދަނީ ކޮވިޑް ޖެހިގެން ނޫންކަމަށާއި ހޮސްޕިޓަލްތަކުގައި ފަރުވާދެވެން ނެތުމުން ކަމަށެވެ. އެހެން ކަމުން މިއީ ލާއިންސާނީ ޖަރީމާއެއް ކަމަށާއި ސަރުކާރާއި ދެކޮޅަށް ދަޢުވާކުރަންވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. 

ދުނިޔޭގެ ކޮރޯނާ ޗާޓަށް މިއަދު ބަލާއިރު 1 ވަނަގައިއޮތީ 33 މިލިއަނާއެކު އެމެރިކާއެވެ. ދެވަނައިގައި އޮތީ 18 މިލިއަނާއެކު އިންޑިއާއެވެ. އަދި އިންޑިއާއިން މިހައިތަނަށް މަރުވި މީހުންގެ ޢަދަދު ވަނީ 2 ލައްކައަށްވުރެ މަތިވެފައެވެ. 

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީން ބުނެފައިވަނީ އިންޑިއާއިން ކޮރޯނާ ފިލާނީ މިސްކިތް ތަޅާލި ބިމުގައި ހިންދޫންގެ ފައްޅި އެޅުމުން ކަމަށެވެ. އަދި ފައްޅި އެޅުމުގެ މަސައްކަތް ބާރަށް އެބަ ކުރިއަށް ގެންދެއެވެ. 

އިންޑިއާއަށް ކުރިމަތިވެފައިވާ ޙާލަތާއި ގުޅިގެން ދުނިޔޭގެ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރަމުން ގެންދާއިރު ހުރިހާ ފަރާތެއް ގުޅިގެންވެސް ފައްޅީގެ މަސައްކަތް އަވަހަށް ނިންމައި ދީފިނަމަ ބީޖޭޕީން އެބުނާ ބަހުގެ ޙަޤީޤަތް އެނގިގެންދާނެއެވެ. 

އަމިއްލަ ޤައުމުގެ ރައްޔިތުންގެ ފުރާނަ ސަލާމްތަކުރަން ބޭނުންވާ ވަސީލަތް ނެތި ރާއްޖެއަށް އެހީވުމުގެ ނަމުގައި ކަންކަންކުރަނީ "ވަރަށް ސިއްރު އެޖެންޑާއަކުން" ކަމަށް ބުނަމުންދާ ދިވެހިން އެބުނާ ބަހުގައި އޮއްޓަރުހުރިކަންވެސް މިދަނީ އެނގެމުންނެވެ. 

މިއަދު އޮންލައިން