ހައްދު ފަހަނައަޅާފައިވާ ޔަހޫދީން ރޭ ޤާޒާއަށް ހަމަލާދީ ވިހި މީހުން ޝަހީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ހައްދު ފަހަނައަޅާފައިވާ ޔަހޫދީން ރޭ ޤާޒާއަށް ހަމަލާދީ ވިހި މީހުން ޝަހީދުކޮށްލައިފި

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ރޭ ޤާޒާއަށް ހަމަލާދީ 20 މީހުން ޝަހީދުކޮށްލއިފިއެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީން އެމީހުންގެ އާދައިގެމަތިން ބުނެފައިވަނީ ހަމަލާދިނީ ޤާޒާއިން ރޮކެޓް ފޮނުވާތީކަމަށެވެ. 

ޝަހީދުވި މީހުންގެ ތެރޭގައި އަނހެނުންނާއި ކުޑަކުދިންވެސް ހިމެނޭއިރު ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބުނެފައިވަނީ ޤާޒާގައި ވެރިކަންކުރާ އިސް 3 މީހަކު ޝަހީދުކޮށްލެވުނުކަމަށެވެ. 

އަޤްޞާގައި ނަމާދަށް ތިބި މުސްލިމުންނަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދިން ޓެރަރިސްޓް ޙަމަލާތަކާއި އަދި ރޭވެސް ދިން ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުން ގެންދަނީ ކެތްތެރިކަން އިސްކުރަން އިޒްރޭލަށާއި ފަކަސްޠީނަށް ގޮވާލަމުންނެވެ.  

މަސްޖިދުލްއަޤްޞާއަށް ހޯމް ދުވަހުވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ވަރުގަދަ ހަމަލާތަކެއްދީ އެތައް ބައަކު ޒަޚަމްކޮށްލާފައިވީނަމަވެސް ރޭ އިތުރު ޙަމަލާއެއް ދިން ކަމުގެ އެއްވެސް މައުލޫމާތެއް އަދި މިހައިތަނަށް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން