ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބޮންއެޅުމުން ޤާޒާގެ އުސް ޓަވަރުތައް އަރިއަޅަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބޮންއެޅުމުން ޤާޒާގެ އުސް ޓަވަރުތައް އަރިއަޅަނީ!

މިއަދު ހެނދުނުން ފެށިގެން ޤާޒާއަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދެމުން ގެންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް ގިނަ އަދަދަކަށް ބޮން އެޅުމުން ޤާޒާގައި މީހުން ދިރިއުޅޭ އުސްޓަވަރުތައް ދަނީ އަރިއަޅަމުންނެވެ. 

ޤާޒާއިން ފޮނުވާ ރޮކެޓްތައް ޓެލްއަވީވަށް ފޯރަންފަށާފައިވާއިރު 50 އަހަރުގެ އަންހެނަކު މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހަމަލާދެމުން ގެންދަނީ ވަކިތަނަކަށް އަމާޒުކޮށްގެނެއް ނޫނެވެ. ބޮންތައް އޮއްސައިލަނީއެވެ. ފަލަސްޠީނުގެ ޙައްގުގައި ކަމެއްކުރެވޭ ފަރާތެއް އަދި ނުފެނެއެވެ. 

ހަމަނުޖެހުންތައް ފެށުނީ މަސްޖިދުލްއަގްޞާގައި ހުކުރު ދުވަހު އެތައް ހާސް މުސްލިމުން ނަމާދަށް ތިއްބައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޙަމަލާ ދީ އެތައް ބައަކު ޒަޚަމްކޮށްލުމުންނެވެ.

މިއަދު އޮންލައިން