މީގެ 40 ވަރަކަށް މިނިޓްކުރިން ލިބިފައިވާ ރިޕޯޓްތައް ބުނާގޮތުން ހައްދުފަހަނައަޅާފައިވާ ޔަހޫދީން މިހާރު ދަނީ ޓޭންކަރުތަކުގައި ޤާޒާއަށް ވަދެގަންނަން ތައްޔާރުވަމުންނެވެ. އަދި މިހާރުވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.
މެދުނުކެނޑި ޤާޒާއަށް ބޮން އަޅަމުން ގެންދާތާ 4 ދުވަސްވީއިރު ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ވަނީ ޝަހީދުވެފައެވެ.
ޙާލަތު މިހިސާބަށްދާއިރުވެސް، މަސްޖިދުލްއަޤްޞާއަށް ވަދެގަނެ މުސްލިމުންނަށް ހަމަލާތައްދެމުން ގެންދާއިރުވެސް މުސްލިމް ޤައުމުތަކުގެ ވެރިންނަށް ތިބި ހިލަހިތުގެ ވެރިންނަށް ކުރެވޭ ހަމައެކަނި ކަމަކީ ހައްދުފަހަނައަޅާފައިވާ ޔަހޫދީންނަސް ހަތިޔާރާއި ހިތްވަރުދޭ އެމެރިކާ އަށް މާލީސްކޮށްދިނުމާއި ދެމުން ގެންދާ ޙަމަލާތައް ކުށްވެރިކުރުން އެކަންޏެވެ.