ޝަހީދުކުރާ މީހުން ގިނަވަނީ! އެއްގަމު މަގުން ބޮޑުބަޑި! މަތިން ބޮން އޮއްސަނީ! އިސްލާމީ ޤައުމުތަކުގެ ވެރިން ކުޅިބަލައި އަތްޖަހަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޝަހީދުކުރާ މީހުން ގިނަވަނީ! އެއްގަމު މަގުން ބޮޑުބަޑި! މަތިން ބޮން އޮއްސަނީ! އިސްލާމީ ޤައުމުތަކުގެ ވެރިން ކުޅިބަލައި އަތްޖަހަނީ!

މީގެ 30 ވަރަކަށް މިނިޓްކުރިން ފަލަސްޠީނުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިއަދުގެ މިހައިތަނަށް ބެލިނަމަވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ވަނީ 150 އަށްވުރެ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލާފައެވެ! އެއިގެ ތެރޭގަ 35 ކުޑަކުދިން އެބަހިމެނޭ! އެކަމަކު ކުރެވޭ ހަމައެއްވެސް ކަމެއް އޮންނަ ކަމަކަށް ނުވޭ!" ހިމެނެއެވެ. 

މިއަދުނޫހަށް މައުލޫމާތުދެމުން އަލްޠާރިޤް ބުނީ ވައިޓްފޮސްފެރަސް އެކުލެވޭ ބޮމުން ޤާޒާއަށް ހަމަލާދިން ކަމަށް އިޒްރޭލުން މިހާރު އެއްބަސްވެފައިވާކަމަށާއި ނަމަވެސް ބުނަނީ އެއީ "އަމާން، ނުރަކަލެއް ނެތް، ހަމައެކަނި ލޮލުން ކަރުނަ އަނަ ގޮތަށް ތައްޔާރުކޮށްފަ ހުރި ބޮމެއް ކަމަށް!"

ހަނގުރާމަތަކުގައި ވައިޓް ފޮސްފެރަސް ބޭނުންކުރުމަކީ މިހާރު ބައިނަލްއަޤްވާމީ ގޮތުން މަނާކުރެވިފައިވާ ކަމެކެވެ. 

ފަލަސްޠީނު ރައްޔިތުންގެ ހާލަތު މިހައި ނުރައްކައުތެރިނަމަވެސް ފަލަސްޠީނަށް ތާއީދުކުރަން ކުދިންކޮޅެއް އިއްޔެ ނުކުތުމުން ގައިޑްލައިނާޚިލާފްވެގެން ކޮރޯނާ ރުޅިގަދަވާންފެށުމުން ފުލުހުން ވަނީ އެކަން ހުއްޓުވައިފައެވެ. ކޮރޯނާ ކިތަންމެ ވަރަކަށް ރުޅިގަދަވިނަމަވެސް ރާއްޖޭގެ ހުރިހާ ފުލުހުން ވަށައިލިއަސް ނުހުއްޓުވޭނެ ޢަމަލު އޮތީއެވެ. މިއީ ރައްޔިތުން އެއަމަލުކުރުމުގައި ސާބިތުވާންވީ ވަގުތެވެ! އެއީ ދުޢާކުރުމެވެ. ކޮންމެ ބޭފުޅަކުވެސް ގިނަގިނައިން ދުޢާކުރައްވާށެވެ!

މިއަދު އޮންލައިން