ﷲ ގެ ކުޅަދުންވަންތަކަން! ތިރީސް މިނިޓް ތެރޭ ބޮމުގެ އެންމެ ބާރުގަދަ ފަސްދޮޅަސް ހަމަލާ! ހަމަލާއަކަށް މީހަކުވެސް ޝަހީދެއް ނުކުރެވުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ﷲ ގެ ކުޅަދުންވަންތަކަން! ތިރީސް މިނިޓް ތެރޭ ބޮމުގެ އެންމެ ބާރުގަދަ ފަސްދޮޅަސް ހަމަލާ! ހަމަލާއަކަށް މީހަކުވެސް ޝަހީދެއް ނުކުރެވުނު!

އިޒްރޭލުން ފަލަސްޠީނަށް ދޭ ހަމަލާތައް ކުށްވެރިކުރަން ލިޔާނެ އެންމެ ފަށުވި ޢިބާރާތަކަށް ވިސްނައި އިސްލާމީ ޤައުމުތަކުގެ ވެރިން މޮޅަށް ގަރުދިޔަކައްކައި ލޮނުހެޔޮވަރުކުރާނެ މިންގަނޑަކާއިމެދު މަޝްވަރާކުރަން ތިއްބައި ރޭ ވެގެން ދިއައީ ފަލަސްޠީނަށް ހަމަލާ ދިނުމުގައި ހައްދުފަހަނައަޅައި ދިއަ ރެއަކަށެވެ. 

30 މިނިޓް ތެރޭ ބޮމުގެ އެންމެ ބާރުގަދަ 60 އަށްވުރެ ގިނަ ހަމަލާ 35 އަމާޒަށް ދިނުމުންވެސް ބޭނުންވިވަރާއި ގާތަކަށްވެސް ނަތީޖާއެއް ނުނެރެވުނެވެ. އެއީ ރޭގެ ހަމަލާތަކުގައި ޝަހީދުވެފައިވަނީ އެންމެ 42 މީހުންނެވެ. ވީމާ ޝަހީދުކުރެވުނު އަދަދު އެވަނީ ކޮންމެ 4 ހަމަލާއަކަށް 3 މީހުންނަށްވުރެ ދަށުގައެވެ. 

ރޭ ދަންވަރުގަ ދިންފަދަ ބާރުގަދަ ޙަމަލާތަކެއް މިއިން ދުވަސްވަރެއްގައި ވެސް ދީފައިނުވާކަމަށް ރިޕޯޓްތަ ބުނެއެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ހަމަލާތަކުގައި މިހައިތަނަށް ވަނީ ގިނަބަޔަކު ޝަހީދުކޮށްލާފައެވެ. އެއިގެ ތެރޭގައި 58 ކުޑަކުދިންނާއި 34 އަންހެނުން ހިމެނެއެވެ. 

އިސްލާމީ ޤައުމުތަކުގެ ވެރިން އަދިވެސް ބަލަމުން ގެންދަނީ އެ ޤަމުތަކުގެ ރައްޔިތުންގެ ސިކުނޑިއަށް ވެކްސިންދޭން ބޭނުންކުރާނެ ބަލާޣާތްތެރި ޢިބާރާތްތަކަށެވެ. އިޒްރޭލުން ހިންގަނީ އެންމެ ބޮޑު ލާއިންސާނީ ޖަރީމާ! އެހަމަލާތައް އެކަތައަށްވުރެ ހަރުކަށިކޮށް އަދި މައުންޓް އެވަރެސްޓަށްވުރެވެސް ބޮޑުކޮށް އަދި ކީއްކުރަންތޯ އުޑާއި ބިމާއި ދެމެދު ފުރައިލެވޭވަރަށް ކުށްވެރިކުރަން!" މިފަދަ އިބާރާތްތަކުން ބަޔާންތައް ނެރޭ ޤައުމުތަކަށް އެތިބީ އެންމެ ކުޑަމިނުން ލަވާޒާ ކޮފީ އެތެރެކުރުން މަނާކޮށްލަން ނުކެރިފައެވެ. އެމެރިކާއަށް ގުޅައި ހަމަލާތައް ނުހުއްޓުވޭނަމަ އަހަރެމެންގެ ޤައުމާ ނުބެހި ތިބެން ބުނެލަން ނުކެރިފައެވެ. އެންމެ ރީތި އިބާރާތަކަށްވާނީ އިސްލާމުންނާއި ޢަދާވާތްތެރި ބާރުތަކަށް ވިކިހުސްވެ އަޅުވެތިވެފައި ތިބިކަމަށް ބުނުމެވެ. 

ދިވެހި ރައްޔިތުން ތިބީ އެމީހުންނަށް ލިބެންޖެހޭ ޙައްޤުތައް ލިބިގެން ކަމަށްވާއިރުވެސް އެމީހުންނަށް އިތުރަށް ޙައްޤުތައް ހޯދައިދޭން އުޅޭ ދުނިޔެއާއި ރާއްޖޭގެ ޖަމިއްޔާތަކުގެ ލޯތަކަށްވެސް ވަނީ މިޙާލަތުގައި ވަރަށް ވަރުގަދައަށް ކޮރޯނާ ޖެހިފައިކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން