ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ މީހެއް ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ މީހެއް ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތަށް މިރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހަކީ އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ޖަލަށްލީ، އަބްދުﷲ އަލީ މަނިކު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ދީނީ ނުވަތަ ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމށްޓަކައި މާލެ ސިޓީ ސަރަހައްދުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބައްވައި، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ތައީދުކޮށް، ޖިހާދުގެ ނަމުގައި ރާއްޖެއިން ބޭރުގެ އެކިއެކި ގައުމުތަކުގައި ހިނގަ ދާޚިލީ ހަނގުރާމަ ތަކަކީ ސަބަބުވެރި އަމަލެއްކަމުގައި ދައްކުވައިގެން ދިވެހިރާއްޖެއިން ޖިހާދުކުރުމަށް މީހުން ފޮނުވައި، އަދި މީހުން ޖިހާދަށް ފޮނުވުމަށް ރެކްރޫޓު ކުރުމާއި، ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދާ ދީނީ ހަރުކަށި ފިކުރުގެ މީހުން ދިވެހިރާއްޖޭގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު، ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. 

 

މިއަދު އޮންލައިން