މާބަނޑު އަނބިމީހާ ހިމެނޭ ގޮތަށް 4 މައިން އެކުގަ ޝަހީދުކޮށްލުމުން ލޮލުން ކަރުނަ ނާޅާ އެކަކު ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
މާބަނޑު އަނބިމީހާ ހިމެނޭ ގޮތަށް 4 މައިން އެކުގަ ޝަހީދުކޮށްލުމުން ލޮލުން ކަރުނަ ނާޅާ އެކަކު ނެތް!

ހައްދުފަހަނައަޅާފައިވާ ޔަހޫދީން އެއްވެސް ބެލުމެއް ނެތި ފަލަސްޠީން ރައްޔިތުންގެ ނަސްލު ނައްތާލަން ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުކުރި މީހުންގެ ތެރޭގައި ނުކުޅެދުންތެރިކަންހުރި ޒުވާނަކާއި އޭނާގެ އަނބިމީހާ އާއި އަދި 3 އަހަރުގެ ދަރިފުޅު ހިމެނިއްޖެއެވެ.  

މީހުން ބުނާ ގޮތުން 33 އަހަރުގެ އިޔާޛް ޞުލްޙަ އަކީ ނުކުޅެދުންތެރިކަން ހުންނަ ޒުވާނެއްނަމަވެސް އޭނާ އަކީ އޭނާގެ އަނބިމީހާ، 33 އަހަރުގެ އަމާނީ ދެކެ ވަރަށް ލޯބިވާ ފިރިއެކެވެ. އަދި ދެމަފިރިންނާއި ދަރިފުޅު ދިރިއުޅެމުން އަންނަނީ ވަރަށް ލޯބިންނެވެ. 

ހައްދުހަފަނައަޅާފައިވާ ޔަހޫދީން ޝަހީދުކުރަމުން ގެންދާ ފަލަސްޠީން ރައްޔިތުންގެ އަދަދަށް ބަލައިފިނަމަ މިހާރު ވަނީ 230 އަށް އަރައިފައެވެ. އެއިގެ ތެރޭގައި 70 ވަރަކަށް ކުޑަކުދިންވެސް ހިމެނެއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ވަކި އަމާޒަކަށް ނުބަލައި ދެމުން ގެންދާ ހަމަލާތަކުގައި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ކުތުބުޚާނާތައްވެސް ގެންދަނީ ބިމާ ހަމަކުރަމުންނެވެ.

މިއަދު އޮންލައިން