ކައިވެނީގެކުރިން ގައިގަ ބީހެން އެދޭނަމަ އެއީ ލޯބިވާ މީހެއް ނޫނެވެ! އެފަދަ މީހަކު ދެކެ ލޯބިނުވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކައިވެނީގެކުރިން ގައިގަ ބީހެން އެދޭނަމަ އެއީ ލޯބިވާ މީހެއް ނޫނެވެ! އެފަދަ މީހަކު ދެކެ ލޯބިނުވާށެވެ!: މުފްތީ މެންކް

ދާދިފަހުން އުމުރުން 15 އަހަރުވެސް ނުފުރޭ އަންހެން ކުއްޖަކު އައިސް ބުންޏެވެ. "ޝައިޚް އެވެ! އަހަރެން ކައިވެނިކުރަން ބޭނުންވެއެވެ. ކައިވެނިނުކޮށް ދެން އަހަރެންނަށް ކެތެއް ނުކުރެވޭނެއެވެ! ކައިވެނި ނުކޮށް ހުންނަންވެއްޖެނަމަ ޒިނޭ ކުރެވިދާނެއެވެ!"

ރަނގަޅަށް އޮޅުންފިލުވިއިރު އޭނާވަނީ ލޯބިވެރިޔާއާއެކު ޒިނޭކުރުން ނޫން އެހެން ހުރިހާ ކަންކަންކޮށްފައެވެ. އޭނާގެ ހިތުގައި ކައިވެނިކޮށް ޖިމާޢުވުމަށް ޝައުޤުވެރިކަން އެހައި ބޮޑުވީ އެކަންކަމުގެ ސަބަބުންނެވެ. 

ހުރިހާ ކުދިންނަށް، ޚާއްޞަކޮށް އަންހެންކުދިންނަށް ބުނެލަން އޮތީ ލޯބިވުމަކީ ގައިގައި އަތްލުން ނޫންކަމެވެ. ކިތަންމެ ލޯބިވާ މީހަކު ނަމަވެސް ގައިގައި އަތްލިއަ ނުދޭށެވެ. ޙަޤީޤީ ލޯބިވާނަމަ ކައިވެނީގެ ކުރިން ގައިގައި އަތްލަން ބޭނުމެއް ނުވާނެއެވެ. ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކީ ކައިވެނިކުރުމުން ހުއްދަވާ ކަންކަން ކައިވެނިކުރުމުގެ ކުރިން ކުރާތީކަމަށް ބުނަންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. 

އަތުގައި އަތްލަން ފުރުޞަތުދީފިނަމަ ބޮސްދޭނެއެވެ. އެހިސާބުން ދެން ދާނީ ހަރުފަތަކަށްފަހު ހަރުފަތެއް މައްޗަށް އަރަމުންނެވެ. އެންމެ ފަހުން އޮންނާނީ އެންމެ މަތީ ހަރުފަތް ވެސް ގިރާކުރެވިފައެވެ. 

ލޮބުވެތި ޒުވާނުންނޭވެ! ކެތްތެރިވާށެވެ! އަޅުކަމަކީ ހަމައެކަނި ނަމާދުކުރުމާއި އެހެންވެސް ހެޔޮ ޢަމަލުތައް ކުރުމެއް ނޫނެވެ. ކެތްތެރިވުމަކީވެސް އަޅުކަމެކެވެ. ނަމާދުވެސް އެހެން އަޅުކަން ކުރެވޭނީވެސް ކެތްތެރިވެގެންނެވެ. 

އެންމެ މުހިންމު ކަމަކީ ކައިވެނީގެ ކުރިން ގައިގައި ބީހެން ބޭނުންވާ އެއްވެސް މީހަކު ދެކެ ލޯބިނުވުމެވެ. އެއީ ޙަޤީޤީ ލޯބިވެރިއެއް ނޫންކަން ޔަޤީންކޮށް އެފަދަ މީހުންނާއި އަވަހަށް ދުރުހެލިވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން