ކައިވެނި ރޫޅުމުން ބައިވެރިޔާ އާއިމެދު ނަމަވެސް ދޮގުވާހަކަ ފަތުޜާ މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކައިވެނި ރޫޅުމުން ބައިވެރިޔާ އާއިމެދު ނަމަވެސް ދޮގުވާހަކަ ފަތުޜާ މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެ!: މުފްތީ މެންކް

ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. ދެމީހުންކުރެ އެކެއްގެ ނުރުހުމުގައި ކައިވެނި ރޫޅެނީއެވެ. އެހިސާބުން މިކުރެވޭ ކަމަކީ ބައިވެރިޔާ ދޮގު ވާހަކަތައްވެސް ފަތުރަނީއެވެ. ނުކުރާ ކަންކަން ކުރިކަމަށް ހަދައިގެންވެސް ވާހަކަދައްކަނީއެވެ. 

މީސްތަކުންނޭވެ! މިއީ ކުރެވޭ ވަރަށް ނުބައިކަން ބޮޑު ޢަމަލެކެވެ. މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް އެމީހަކާއިމެދު ދޮގުވާހަކަތައް ދައްކައިގެން ނުވާނެއެވެ. ދޮގު އިލްޒާމްތައް އަޅުވައިގެންނުވާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މީހަކު ދެކެ ކިތަންމެ ވަރަކަށް ރުޅި އައިނަމަވެސް އެމީހަކާއިމެދު އިންޞާފުން ކަންކަން ކުރުމަށެވެ. ޢަދުލަށް ޙުކުމް ކުރުމަށެވެ. 

މީސްތަކުންނޭވެ! މީހަކާއި ނުރުހެވިދާނެއެވެ! ނަމަވެސް އެއީ އެމީހަކަށް ގެއްލުންދީ އަނިޔާވެރިވުން ހުއްދަވާ ސަބަބަކަށް ހަދައިގެންނުވާނެއެވެ! މިގޮތަށް ވެސް ވިސްނައިލާށެވެ! ދުނިޔޭގައި ކަން ހިނގަމުންދާގޮތަށްބަލާއިރު ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ނަފްރަތުކުރެވުނު މީހެއްގެކިބައިން ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެހީތެރިކަން ހޯދަންޖެހެނީ މަދަކުން ނޫނެވެ. 

ވީމާ މީހަކު ދެކެ ރުޅި އައިނަމަވެސް އެމީހަކާއި އަލުން ކުރިމަތިނުލެވޭނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާށެވެ! ދިރިއުލުމުގައި ދިމާވާ ގޮތަކުން ދެމަފިރިން ވަކިވާން ޖެހުނު ނަމަވެސް ޖިތްހެޔޮކަމާއިއެކު އެކަންކުރާށެވެ! އަދި އެކަމުން ތިމާއަށް ގެއްލުން ލިބުނު ނަމަވެސް އަނެކާގެ ކަރާމާތަށް ގެއްލުން ނުދޭށެވެ! ދޮގު ވާހަކަތައް ފަތުރައި އެނާގެ އަބުރު ގެއްލުވައިނުލާށެވެ!  

އެއިރުން ކުރާ ފައިދާ ހުރިހާ ގޮތަކުންވެސް މާބޮޑުވާނެއެވެ! ފާފަވެރިނުވުމުގެ އިތުރުން އކަމުގެ ފައިދާ ދުނިޔޭގައިވެސް ކުރާނެއެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން