ދެމަފިރިން އެކުގަ ނިދަން ތައްޔާރުވެ، އެކުގަ ނިދުމަކީ ލޯތްބާއިއެކު ގުޅުން ދަމަހައްޓަން ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާ 4 ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދެމަފިރިން އެކުގަ ނިދަން ތައްޔާރުވެ، އެކުގަ ނިދުމަކީ ލޯތްބާއިއެކު ގުޅުން ދަމަހައްޓަން ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާ 4 ސަބަބު!

މިރޭ ވާހަކަދައްކަން މިފަށަނީ ދީނީބައިގެ ކުރިއަށް އިޖުތިމާޢީ ބައި ނެރެގެންނެވެ. އެއީ މިހާރު މުޖުތަމައުގައި ވަރިގިނަވަމުން މިދާ މިންވަރަށް ވަރި ގިނަވަމުންދާނަމަ ކައިވެނިކުރުމުގެ ޝައުޤުވެރިކަން ގެއްލިގެން ހިނގައިދާނެތީއެވެ. މިހާރުވެސް އެންމެ ބޮޑު ވަބާއަށް ވެފައިވާ ޒިނޭކުރުން އެއިރުން ވާނީ ހުއްދަކަމަކަށެވެ. އެކަން ވެގެންދާނީ ފަހުޒަމާނުގެ އެންމެ ފައުޅުކަން ބޮޑު އެއް ޢަލާމާތަށެވެ. 

މީސްތަކުންނޭވެ! ނިދުމުގެ ކުރިން ދެމަފިރިން މަޝްވަރާކުރުމާއި އަދި ދެމަފިރިން އެކުގައި ނިދުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ވަރަށް ޚާއްޞަ ކަމެކެވެ. އާދައިގެ ކަމަކަށް ނުވެ ވަރަށް ޚާއްޞަ ކަމަކަސްވާ 4 ސަބަބެއް ފާހަގަކޮށްލާނަމެވެ! 

1- ދެމަފިރިންނަށްވެސް އެދުވަހު ކުރެވުނު ކަންކަމަށް މަޝްވަރާކޮށްލައި އިޞްލާޙްކުރަން ޖެހޭ ކަންކަން ހުރިނަމަ އެކަން ފާހަގަކުރުން، 

2- އެކަކު އަނެކަކަށް މާފަށް އެދުމާއި މާފުކުރުން

3- ދެމަފިރިންކުރެ އެކަކު ނަމަވެސް ނިދީގައިވެސް މަރުވެދާނެއެވެ. ވީމާ އެކަކު އަނެކަކަށް ކަންކަމަށް ނަބޭޙަތްދީ ވަޞިއްޔަތްކުރަންވެސް އެއީ އެންމެ ރަނގަޅު ވަގުތެވެ. 

މިސާލަކަށް އެދުވަހު މީހެއްގެ އަތުން 10 ޑޮލަރުނަގާފައިވަނިކޮށް މަރުވެދާނެއެވެ. އެކަން ދެމަފިރިންގެ މެދުގައި ހިއްޞާކުރެވިފައި ނެތްނަމަ އެ ދަރަނި އަދާނުކުރެވޭނެއެވެ. ކޮންމެރެއަކުވެސް ނިދުމުގެ ކުރިން ދެމަފިރިން މަޝްވަރާކޮށް މިފަދަ ކަންކަން ޑައިރީގައި ނޯޓްކުރަން ބުނަނީވެސް ހަމައެކަމަށްޓަކައެވެ. 

4- ވަނައަށް މިފާހަގަކުރަނީ ޙަޔާތުގެ އެންމެ މުހިންމު ކަންތަކެވެ. އެއީ ދެމަފިރިންގެ ގުޅުމެވެ. ދެމަފިރިން އެކުގައި ނިދަން ތައްޔާރުވެގެން ނިދަން އޮށޯވެ އެއްދާން ކުރުމާއި ފަހުން ގަދަކަމުން ހޭލައްވުވައިގެން އެކަންކުރުމާއި އެއީ ހާސްބައި ތަފާތު ދެކަމެކެވެ. ސަބަބަކީ ދެމަފިރިން އެކުގައި ނިދަން ތައްޔާރުވެގެން ނިދަން އޮށޯވެ އެއްދާން ކުރުމުން އުފެދޭ ލޯތްބާއި ލިބޭ ހިތްހަމަޖެހުމާއި ފަހުން އައިސް ގަދަކަމުން ހޭލައްވުވައިގެން އެކަންކުރުމުން ލިބޭ އުފާތަކާއި ޙާސްބައި ތަފާތުވާނެއެވެ. 

މިކަންކަމަކީ ސައިންސްވެރިންގެ ދިރާސާ ބޭނުންވާނެ ކަންކަމެއް ނޫނެވެ. ތިމާގެ އަމިއްލަ ދިރިއުޅުމަށާއި އެކުވެރިންގެ ދިރިއުޅުމަށް ބަލައިލުމުން މި ދެއްކި ވާހަކަތަކުގެ ތެދުކަން ޔަޤީންކުރެވޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން