ގެރި ގެންގުޅުނުކަމަށްބުނެ މުސްލަމަކު މަރާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ގެރި ގެންގުޅުނުކަމަށްބުނެ މުސްލަމަކު މަރާލައިފި

ގެރި ގެންގުޅުކަމުގެ ތުހުމަތުގައި ހައްދުފަހަނަޅާފައިވާ ހަރުކަށި ހިންދީން މުސްލިމަކު މަރާލައިފިއެވެ.

އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ އަލީގަޅު ގައި މުސްލިމުންނަށް ހަމަލަ ދީފައި ވަނީ ހައްދުފަހަނަޅާފައިވާ ހިންދީންގެ ޓެރަރިސްޓުންތަކެއް ވެގެންނެވެ. މި ހާދިސާގައި އެކަކު މަރުވެ އެކެއްގެ ތަންތަން ބިންދައިގެން ގޮސް ފަސްމީހަކަށް ވަރަށް ބޮޑު ވަރު ކޮށްފައި ވެއެވެ.

ހާދިސާ ހިނގި ތަނަށް ފުލުހުން އައީ ލަހުންނެވެ. ޒަޚަމްވެފައިވާ މީހާ ޑިސްޓްރިކްޓް ހަސްފަތާލަށް ގެންދިޔައީ ފުލުހުން އައިސްގެންނެވެ.

މި ހާދިސާ ހިނގަމުން ދިޔަ އިރު ނަގާފައިވާ ވީޑިއޯއެއްގައި ހިސާބުގެ ހާމުދުރަކުވެސް މުސްލިމުންނަށް ހަމަލަދޭ މަންޒަރު ފެނެއެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ މިއީ ދެ ގްރޫޕެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއް ކަމަށެވެ. މީގައި ދީނީ ކުލަވަރެއް ނެތް ކަމަށެވެ. 

 

 

މިއަދު އޮންލައިން