ބޭނުންވި ބައިވެރިޔާ ނުލިބިއްޖެ އެއީ ތިމާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީކަން ޔަޤީންކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ބޭނުންވި ބައިވެރިޔާ ނުލިބިއްޖެ އެއީ ތިމާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީކަން ޔަޤީންކުރާށެވެ!: މުފްތީ މެންކް

އަހަރެމެން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ތިމާ ބޭނުންވާ ގޮތަށް ކަންކަން ނުފުދުމެވެ. ބޭނުންވާ މީހާ އާއި ކައިވެނި ނުކުރެވުން، ބޭނުންވާ ވަޒީފާ ނުލިބުން، ބޭނުންވާ ގެ، ކާރު ފަދަ ތަކެތި ނުލިބުން ފަދަ ކަންކަމެވެ. 

ތިބާ ހެޔޮ ޢަމަލުކުރެއެވެ. ދުޢާވެސް ކުރެއެވެ. ނަމަވެސް ބޭނުންވާ ގޮތަށް ކަންކަން ޙާޞިލުނުވަނީއެވެ.  

ވިސްނާށެވެ! ﷲ ތަޢާލާ އެމީހަކަށް ދެއްވަވަން ކަނޑައަޅުއްވަވާފައިވާ ރިޒުޤާއި އެހެނިހެން ކަންކަން ނުލިބޭ ހިންޏެއްވެސް ނުވެއެވެ. އަހަރެމެން އެންމެ ރުޅި އަންނަ މަދިރިއަށް އަހަރެމެންގެ ގައިން ލޭ ބޮވެނީ ﷲ ތަޢާލާ އެކަން ކަނޑައަޅުއްވަވާފައިވާތީއެވެ. މިއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.  

ވީމާ އަހަރެމެންނަށް އޮތީ ދެއްވަވާ މިންވަރަށް ޝުކުރުވެރިވުމެވެ. މީހަކު ތިމާއަށް ގެއްލުމެއް ދިންނަމަވެސް އެކަން މެދުވެރިވީ އެކަން މެދުވެރިވުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާތީ ކަމަށް ޤަބޫލުކޮށް އެމީހަކަށް ޙަސަދަނުލާށެވެ! އެމީހާ ކުރި ނުބައި ކަންތަކަށް އެމީހާއަށް ޖަޒާދެއްވަވާނެކަން ޔަޤީންކޮށް ތިބާ އެމީހާއަށް މާފުކުރާށެވެ! 

ބޭނުންވާ ބަިވެރިޔާ ނުލިބުމުންވެސް ޔަޤީންކުރަންވީ އެކަން އެގޮތަށް މެދުވެރިވާނީ ﷲ ތަޢާލާ އެކަން އެގޮތަށް މިންވަރުކުރައްވަވާފައިވާތީ ކަމެވެ. ބޭނުންވާ ވަޒީފާ ނުލިބުނު ނަމަވެސް އެހެންކަމެއް ޙާޞިލުނުކުރެވުނު ނަމަވެސް ހަމަ މިމޭރުމުން ޤަބޫލުކުރާށެވެ! ޔަޤީންކުރަންވީ: 

1- ތިބާ އެދުނު ގޮތަށް ހިންމަވައި ނުދެއްވެވި ނަމަވެސް ތިބާއަށް ބޭނުންވާނެ މިންވަރަށް ފުއްދަވައި ދެއްވަވާނެކަން، 

2- ބޭނުންވި ބައިވެރިޔާ ނުދެއްވެވި ނަމަވެސް އެކަލާނގެ ރުހިވޮޑިގަންނަވާ ބައިވެރިޔާ ދެއްވަވާނެކަމާއި އަދި  

3- ތިމާއަށް އެއްވެސް ގެއްލުމެއް ދިނުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވާނެކަމެވެ.  

އިތުރަށް ޔަޤީންކުރަންވީ ތިބާ ބޭނުންވި ގޮތަށް އެކަމެއް ނުފުދުނީ އެއަށްވުރެ މާފުރިހަމަ ގޮތެއް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތީ ކަމެވެ. މިބުނި މަގުން ކަންކަން ޔަޤީންކޮށްގެން ހުންނަ މީހާ އަބަދުވެސް ހުންނާނީ އުފާވެރިކަމުގައެވެ. އުފާކުރަން ޖެހޭ ސަބަބަކީ ތިމާއެދުނު ގޮތަށް ކަމެއް ފުއްދަވައި ނުދެއްވެވުމަކީ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމުގެ ޢަލާމާތަކަށްވާތީއެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން