ސިހުރު ހެއްދުވިނަމަވެސް، ސިހުރު ހެދިނަމަވެސް ކުދިންގެ ފޫޅު ކަނޑާލުމުން މައިންނާ ވަކިވާ ފަދައިން ﷲ ތަޢާލާ އާ ގުޅުން ކެނޑިގެންދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ސިހުރު ހެއްދުވިނަމަވެސް، ސިހުރު ހެދިނަމަވެސް ކުދިންގެ ފޫޅު ކަނޑާލުމުން މައިންނާ ވަކިވާ ފަދައިން ﷲ ތަޢާލާ އާ ގުޅުން ކެނޑިގެންދާނެ!

ސިހުރު ހެދުމަކީ އަދި ސިހުރު ހެއްދުވުމަކީ އަދި ސިހުރު ހެދުމާއި ގުޅުންހުރި އެއްވެސް ކަމެއް ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ އެންމެ ބޮޑު ފާފައެވެ. އެހެނީ ސިހުރު ހެދުންވެސް އަދި ސިހުރު ހެއްދުވުން ވެސް ގުޅިފައިވަނީ ޝަރީކުކުރުމާއިއެވެ. 

އެހެންކަމުން ސިހުރު ޤަބޫލުކުރިނަމަވެސް ސިހުރު ހެއްދުވި ނަމަވެސް އަދި ސިހުރު ހެދިނަމަވެސް ވިހާއިރު ކުދިންގެ ފޫޅު ކެނޑުމުން މައިމީހާގެ ހަށިގަނޑާއި ވަކިވެގެންދާ އުޞޫލުން އެމީހަކާއި ﷲ ތަޢާލާ އާއި ގުޅުން ކެނޑިގެންދާނެތެވެ! އެއީ ޝަރީކުކުރުމުގެ ޢަމަލަކަށްވާތީއެވެ. 

މީގެ ތެރޭގައި އިސްތިރި ވަރިތޮޅިވެސް ހިމެނެއެވެ. އެއީ އެކަމުގައި ﷲ ތަޢާލާ ނޫން ފަރާތެއްގެ އެހީތެރިކަމަށް އެދެވޭތީއެވެ. އެކަންވެސް ހިމެނޭނީ ހަމަ ޝަރީކުކުރުމުގެ ތެރެއިންނެވެ. (ދިވެހި ބަހުގައި އިސްތިރި މާނަކުރަނީ ދެމީހަކު ގުޅުވުމަށް ނުވަތަ ކައިވެނި ދެމެހެއްޓުމަށް ހަދާ ސިހުރަށެވެ. ވަރިތޮޅި ކިޔަނީ ދެމަފިރިއަކު ނުވަތަ ދެލޯބިވެރިން ދުރުކުރުވުމަށް ހަދާ ސިހުރަށެވެ. މިދެކަމަކީވެސް ސިހުރެވެ.) 

ޝަރީކުކުރުމަކީވެސް ތައުބާވުމުން ފާފަ ފުއްސަވާ ކަމެކެވެ. ނަމަވެސް ބިރުވެތިވާންޖެހެނީ ފުރިހަމަ ތައުބާއަކުން ތައުބާ ނުވެވެނީސް މަރު އައިސް އެމީހަކާއި ބައްދަލުކޮށްފާނެތީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން