އޮންނަ ގުޅުމަކާހުރެ، ފޯނުން ފެންނަ މެސެޖަކުން ޒިނޭގެ ތުހުމަތު އަންހެނުންގެ ބޮލުގަ އެޅުވުމަކީ އެންމެ ބޮޑު އެއް ފާފަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އޮންނަ ގުޅުމަކާހުރެ، ފޯނުން ފެންނަ މެސެޖަކުން ޒިނޭގެ ތުހުމަތު އަންހެނުންގެ ބޮލުގަ އެޅުވުމަކީ އެންމެ ބޮޑު އެއް ފާފަ!: މުފްތީ މެންކް

މިހާރަކަށް އައިސް މީސްމީހުންގެ ބޮލުގައި ކަންކަން އަޅުވާލަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތިއެވެ. އެގޮތުން އަންހެނަކު ފިރިހެނަކު ވާހަކަ ދައްކަން ހުރިތަން ފެނުމުން ނުވަތަ ފޯނުގައި އިންނަ މެސެޖެއް ފެނުމުން ޒިނޭގެ ތުހުމަތު އެބަ އަޅުވައެވެ. 

މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ އެންމެ ބޮޑެތި 7 ފާފަ ޙަދީޘްފުޅު ކުރެއްވެވިއިރު އެއިގެ ތެރޭގައި ޙަދީޘްފުޅު ކުރައްވަވާފައިވާ އެއް ފާފައަކީ ސާބިތު ނުހިފޭ ގޮތުގައި އަންހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ. 

އެފަދަ ޚަބަރެއް ފެތުރުމުގައި އިސްކޮށް ހުރި މީހަކަށް ދެއްވަވާ ޢަޛާބު ވަރަށް ބޮޑުވާނެއެވެ. ހަމައެއާއިއެކު އެ ޚަބަރު ފެތުރުމުގައި އެމީހަކު ބައިވެރިވި ވަރަކުން އެމީހަކަށްވެސް ގަދަފަދަ ޢަޛާބް ދެއްވަވާނެތެވެ. 

އެކަމުގެ ދަލީލަކީ މިއުންމަތުގެ މައިކަނބަލުން، ޢައިޝަތުގެފާނުގެ އިސްތަށިފުޅުގައި އެފަދަ ދޮގު އިލްޒާމެއް އެޅުވުމުން ވަޙީކުރައްވަވާފައިވާ އާޔަތްތަކެވެ. ވީމާ ވިސްނާށެވެ. ދެމީހެއްގެ މެދުގައި ގުޅުމެއް އޮތުމާއި ވާހަކަ ދެއްކުމާއި އަދި މެސެޖެއް ކުރުމަކީ އެމީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިގެންވާނެ ސަބަބެއް ނޫނެވެ. ޒިނޭގެ ތުހުމަތު އަޅުވަންޖެހޭނީ އިސްލާމް ދީނުގައި އޮތް މިންގަނޑުން އެކަންކުރިކަން ސާބިތުވުމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން