އާޚިރަތް ދުވަހު އެންމެ ނިކަމެތިވާނެ މީހާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އާޚިރަތް ދުވަހު އެންމެ ނިކަމެތިވާނެ މީހާ!

އާޚީރަތް ދުވަހު އެންމެ ބޮޑަށް ނިކަމެތިވާނެ މީހަކީ ތިމާގެ ހުރިހާ ވެސް އެއްޗަކީ ދުނިޔެ ކަމުގައި ހަދައިފި މީހެކެވެ. އެކަމުން ވަގުތީ ހިތްހަމަޖެހުން ލިބިދާނެއެވެ! ނަމަވެސް އާޚިރަތް ދުވަހު އެމީހަކަށް އޮތީ ގަދަފަދަވެގެންވާ ޢަޛާބެވެ. 

"ކާފިރުވިމީހުން ނަރަކައަށް ހުށަހަޅުއްވާ ދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) ތިއަބައިމީހުންނަށް ހުރި ރަނގަޅު ތަކެތި، ތިއަަބައިމީހުންގެ ދުނިޔޭގެ ޙަޔާތުގައި ނަގާލައި އަދި ތިއަަބައިމީހުން އެއިން އަރާމުލިބިގެންފީމުއެވެ. ފަހެ، ޙައްޤަކާނުލައި ބިމުގައި ތިއަބައިމީހުން ބޮޑާވެ އުޅުނުކަމަށްޓަކައި، އަދި ތިއަބައިމީހުން ފާސިޤް ވެގަތް ކަމަށްޓަކައި، މިއަދު އިހާނެތިކަމުގެ ޖަޒާ ތިއަބައިމީހުންނަށް ލިބޭނެތެވެ". (އަލްއަޙްޤާފް ސޫރަތުގެ 20 ވަނަ އާޔަތް)

"ހަމަަށަވަރުން، ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށްރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންރަސްކަލާނގެ އާޔަތް ތަކާމެދު ޣާފިލްވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ހޯދައިއުޅުނު ޢަމަލު ތަކުގެ ސަބަބުންނެވެ." (ޔޫނުސް ސޫރަތުގެ 8 ވަނަ އާޔަތް)

މީސްތަކުންނޭވެ! ދުނިޔެ ހޯދަން މަސައްކަތްކުރުމުގައި މި ކަންކަމަށް ވިސްނާށެވެ! ހުއްދަ މަގު ދޫކޮށްލައި ޙަރާމް ކުރައްވަވާފައިވާ ކަންކަމުގެ ތެރެއަށް ވެއްޓި ނުގަންނާށެވެ! ހަމަ އެއްވެސް ކަމެއްގައެވެ. ނަރަކައިގެ އަލިފާނުގެ ހޫނު ގަދަވާނެކަން އެނގޭއިރު ބިރުވެތިވާށެވެ! 

ކިތަންމެ ކުޑަ ޢަމަލެއް ކުރިނަމަވެސް ހުއްދަ ގޮތުގައި ކުރާށެވެ. ހުއްދަ ކުރެއްވެވި ކަމެއް ނޫނީ ނުކުރާށެވެ! އެންމެ ކުޑަމިނުން ޙަލާލް ނޫން ފެންފޮދެއްވެސް ނުބޯށެވެ! ސުވަރުގެ ލިބުން އޮތީ އެމަގުން ދިރިއުޅެގެންނެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން