ދެން حضر سليمان عليه السّلام سؤال ކުރެއްވިއެވެ. ވެރިކަމުގެ ގޮތުން ބަލާއިރު ( އަހަރެންގެ ވެރިކަމާއި ކަލޭގެ ވެރިކަމާއި) ދެމީހުންގެ ވެރިކަމުގެ ތެރެއިން ރަނގަޅީ ކާކުގެ ވެރިކަމެއްހޭ؟
شاه مور ދެންނެވިއެވެ. އަޅުގަނޑުގެ ވެރިކަން ކަލޭގެފާނުގެ ވެރިކަމަށްވުރެ ރަނގަޅެވެ. އެގޮތަކީ އަޅުގަނޑުގެ ސަބަބުން އެއްވެސް އެއްޗަކަށް ބުރައެއް އުފުލާކަށް ނުޖެހެއެވެ. ނަމަވެސް ކަލޭގެފާނުގެ تخت އެއްތަނުން އަނެއްތަނަށް އުފުލަން ޖެހެނީ ވަޔަށެވެ. އެއީ ކުޑަ ތަކުލީފެއްތޯއެވެ.
شاه مورގެ ވާހަކަ އައްސަވާ سليمان ގެފާނު ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. ކަލެއަށް ތިޔަގޮތް އެގުނީ ކިހިނަކުންހޭ؟
شاه مور ދެންނެވިއެވެ. ކަލޭގެފާނަށް މާތް الله ބުއްދި ދެއްވާފައެއް ނުވެއެވެ. މިނިކަމެތި ބަލިކަށި مخلوق އަށް ބުއްދި ދެއްވާފައި ނުވެއެވެ. އަމުރުފުޅު އޮތިއްޔާ ބައެއް މަސްއަލާތަކާއި ބެހޭގޮތުން އެކަލޭގެފާނާއި ސުވާލު ކޮށްލަން ކަމަށެވެ.
އެކަލޭގެފާނު ވިދާޅުވި އެވެ. سؤال ކޮށްބަލާށެވެ.
شاه مور ދެންނެވިއެވެ. ކަލޭގެފާނު މާތް الله ގެ حضرت ގައި މިފަދައިން ދެންނެވީމު ނޫންތޯއެވެ. ހައްދަވާ ބޮޑުކުރެއްވި ކަލާކޮ މިއަޅާގެ ފާފަ ފުއްސަވައި އަދި މިއަޅާއަށް ދެއްވާފައިވާ ފަދަ ވެރިކަމެއް މީގެފަހުން އެއްވެސް މީހަކަށް ނުދެއްވާނދޭވެ! ޝައްކެއް ނެތެވެ. އިބަ الله އަކީ އެންމެ ދީލަތިވަންތަ ރަސްކަލާނގެ އެވެ.
قَالَ رَبِّ اغْفِرْلِى وَهَبْ لِى مُلْكًالاَ يَنْبَغِى لأَحَدٍ مِنْ بَعْدِى إنّكَ أنْتَ الْوَهَّاب () (سورة ص 35)
ކަލޭގެފާނުގެ މި دعا އިން حسد ވެރިކަމުގެ ވަސް އާދެއެވެ. އެގޮތަކީ عالم ތަކުގެ ވެރިޔަކީ ޚުދު الله އެވެ. އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ވެރިކަން ދެއްވައެވެ. މިފަދައިން އެދިވޮޑިގެންނެވި އަޅަކަށް ނުދެއްވައެވެ. ވީއިރު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ފިޔަވާ އެހެން އެއްވެސް މީހަކަށް މިފަދަ ވެރިކަމެއް ނުދެއްވާނދޭވެ! މިފަދައިން الله تعالى ގެ حضرت ގައި ދެންނެވުމަކީ نبى ބޭކަލުންގެ عزّت އަށް عيب ކަމެކެވެ.
سليمان عليه السّلام ހިނީގެ ވާހަކަތަކާއި ދޭތެރޭ ނުރުހުންތެރިވެ ވަޑައި ގަތެވެ.
شاه مور ދެންނެވިއެވެ. نبي الله އެވެ. ތެދަކީ މިއެވެ. ނުރުހުންތެރިވެ ވަޑައިނުގަންނަވާ ށެވެ. އަދިވެސް ކަލޭގެފާނުގެ އަރިހުގައި سؤال އެއް ކޮށްލަން ބޭނުމެވެ. އެއީ މާތް الله އެކަލޭގެ ފާނަށް އެއަނގޮޓި ފުޅު ދެއްވުމުގެ ސިއްރަކީކޮބައިތޯ އެވެ.
އެކަލޭގެފާނު جواب ދެއްވިއެވެ. އަހަރެންނަށް އެނގިފައެއް ނުވެއެވެ. ކަލޭ ބުނެދީބަލާށެވެ. އެކަމުގެ ސިއްރަކީ ކޮބައިހޭ؟
شاه مور ދެންނެވިއެވެ. މާތް الله އެކަލޭގެފާނަށް قاف ން ފެށިގެން قافއަށް (މުޅި ދުނިޔޭގެ) ވެރިކަން ދެއްވާފައި ވެއެވެ. މިބޮޑު ވެރިކަމުގެ އަގަކީ ހަމައެކަނި އެންމެ ޖަވާހިރެކެވެ. އެގޮތަކީ ދުނިޔެ އަކީ حقيقة އެއް ނޫންކަން ކަލޭގެފާނަށް އެންގެވުމަށްޓަކައެވެ. އަދި މާތް الله ކަލޭގެފާނުގެ حكم ފުޅަށް ވައި تابع ކުރެއްވި އެވެ. އޭގެ ސިއްރަކީ ކޮބައިތޯ އެވެ. ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ތޯއެވެ.
سليمان عليه السّلام ވިދާޅުވި އެވެ. ނޫނެކެވެ. شاه مور ދެންނެވިއެވެ. ދުނިޔެއަކީ ވައެކޭވެސް އެއްފަދަ އެއްޗެއްކަން ކަލޭގެފާނަށް އެންގެވުމަށެވެ. ސިއްރަކީ ކޮންމެ އެއްޗަކީވެސް ނެތިވެ ފަނާވާނޭ ތަކެއްޗެވެ.
سليمان عليه السّلام ވިދާޅުވިއެވެ. ކަލޭތިޔަބުނީ ތެދެކެވެ. ދުނިޔެއަކީ ވަޔެކޭވެސް އެއްފަދަ އެއްޗެކެވެ.
شاه مور ދެންނެވިއެވެ. سليمان ގެ މާނައަކީ ކޮބައިތޯ އެވެ. ކަލޭގެފާނު ދެނެވަޑައި ގަންނަވަމުތޯއެވެ.
سليمان عليه السّلام ދެންނެވިއެވެ. ނޫނެކެވެ.
شاه مور ދެންނެވިއެވެ. سليمان ގެ މާނައަކީ ދުނިޔަވީ حيات އަށް إعتبار ނުކުރުމާއި އެކަމަށް شوق ވެރިނުވުމެވެ. ސަބަބަކީ މަރަކީ ވަރަށްވެސް ކައިރީގައިވާ އެއްޗެކެވެ.
- އަދި ނުނިމޭ