އަޅުކަންކުރަން ފާފަވެރިނުވާށެވެ! އަމިއްލަ ގޭގެ ފެނުން ވުޟޫކުރިނަމަވެސް ފެން އިސްރާފްކުރުން ހުއްދަވެގެން ނުވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އަޅުކަންކުރަން ފާފަވެރިނުވާށެވެ! އަމިއްލަ ގޭގެ ފެނުން ވުޟޫކުރިނަމަވެސް ފެން އިސްރާފްކުރުން ހުއްދަވެގެން ނުވެއެވެ!

ވުޟޫކުރަނީ އަޅުކަންކުރާށެވެ. އެހެނަސް އަމިއްލަ ގޭގެ ފެނުން ވުޟޫކުރިނަމަވެސް ފެން އިސްރާފްކުރުން ހުއްދަވެގެން ނުވެއެވެ! އަދި އެއީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ޢަމަލެކެވެ. އިސްރާފްކުރުމަކީ ޙަރާމް ކަމެކެވެ. 

"—އަދި އިސްރާފް ނުކުރާށެވެ! އިސްރާފްކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންނުވެތެވެ." (އަލްއަޢްރާފް: 31)

އަޅުކަންކުރަނީ ﷲ ތަޢާލާގެ ރުހިވޮޑުގަތުމާއި ލޯބިވެވޮޑިގަތުން ލިބިގަތުމުގެ އުންމީދުގައެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ، އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަކަށް އަޅުކަމަސް ތައްޔާރުވެގެން ކުރާ އަޅުކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނީ ގެއްލުމާއި ހަލާކު ނޫންހެއްޔެވެ؟ 

އަމިއްލަ ގެއިން ވުޟޫކުރި ނަމަވެސް އިސްކުރު ދޫކޮށްލައިގެން ނުހުންނާށެވެ. އެއިގެ ބަދަލުގައި ކޮންމެވެސް އެއްޗަކަށް ފެން އަޅައިގެން އެއިން ފެން ނަގައިގެން ވުޟޫކުރާށެވެ. މިސްކިތަކުން ވުޟޫކުރާނަމަ ފެން އިސްރާފްނުވާނެ ގޮތަށް އިސްކުރުގެ ބޭނުން ހިފާށެވެ! ފާފަވެރިނުވާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން