މިކަންކަމަށް ޣާފިލްވެވޭނަމަ ކޮރޯނާ މަދުވިނަމަވެސް، ފިލިނަމަވެސް ކޮންމެވެސް ރޯނާއެއް އަންނާނެކަން މިއޮތީ އެނގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މިކަންކަމަށް ޣާފިލްވެވޭނަމަ ކޮރޯނާ މަދުވިނަމަވެސް، ފިލިނަމަވެސް ކޮންމެވެސް ރޯނާއެއް އަންނާނެކަން މިއޮތީ އެނގެން!

އަލްޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ.

"ވަބާއާއި ޠާޢޫނުގެ ފައިދާތަކުގެ ތެރެއިން (އަންނަނިވި ކަންކަން) 

ހަމައެކަނި އުންމީދުގެ މައްޗަށް ބަރޯސާވުން ކުޑަކުރުން 

ޢަމަލުތައް ހެޔޮކުރުން 

ޣާފިލުކަމުން ހޭލުން 

އާޚިރަތުގެ ދަތުރުގެ ކޮއްތު ލިބިގަތުން ވެއެވެ ." –  

بذل الماعون في فضل الطاعون 378-

- ޝައިޚް މުޙައްމަދު ޝާފިޢު

ކުރރުމަތިވެފައިވާ ނިކަމެތި ޙާލަތާއި ގުޅިގެން ތިމާގެ ޢަމަލުތަކަށް ގެނެވުނީ ކޮން އިޞްލާޙީ ބަދަލެއްކަމާއިމެދު ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި ސުވާލުކޮށެވެ! ކޮންމެ ދުވަހަކު ހާލުބޮޑުވެ ހުރިހާ އުމުރެއްގެ އެތައް ބައަކު ދުނިޔެ ދޫކުރަމުންދާއިރު ބިރުވެތިވެވޭ ހެއްޔެވެ؟ 

ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ކޮންމެ ބަލިމަޑުކަމެއްވެސް ފިލައިގެންދާނެތެވެ. އިން ޝާ ﷲ ނަމަވެސް މިކަންކަމަށް ޣާފިލުވެވޭނަމަ ކޮންމެވެސް މުޞީބާތެއް އޮންނާނީ ކުރިމަތިވެފައެވެ. ޙައްލަކީ ނިކަމެތިވެ ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރުމެވެ.

މިއަދު އޮންލައިން