ނަމާދަށް ހަރަމްބަންން ވަގުތުން ފެށިގެން ޝައިޠޯނާ މަސައްކަތްކުރަމުން ގެންދާނީ ލަނޑުދީ ނަމާދުން ބޭރުކުރުމަށެވެ. އެގޮތުން އެންމެ ގިނައިން ޝައިޠޯނާ ދޭ 3 ލަނޑުގެ ގޮތުގައި ފާހަގަކުރެވޭ 3 ކަންތައް ފާހަގަކޮށްލާނަމެވެ.
1- ވައިބޭރުވެ ވުޟޫ ގެއްލިއްޖެ ކަމަށް ވިސްނައިދިނުން
އެ ޙާލަތުގައި ޤަބޫލުކުރަން އޮތީ 2 ސަބަބެއް ޔަޤީންކުރެވުމުންނެވެ. އެއީ ވައިބޭރުވި އަޑުއިވުމާއި ވަސްދުވުމެވެ. މިއިން ކަމެއް ނުވަތަ 2 ކަންތައް މެދުވެރިވެއްޖެނަމަ ޖެހޭނީ ވުޟޫކުރާށެވެ. ނޫންނަމަ ޝައްކުގެ މަތީގައި ނަމާދުން ވަކިވެގެނެއް ނުވާނެއެވެ. އޮތީ ނަމާދުކުރިއަށް ގެންދިއުމެވެ.
2- ނުކުރެވިހުރި ކަންކަމާ ލޯބިވެރިޔާމަތިން ހަނދާންކޮށްދިނުން
މިޙާލަތުގައި އޮތީ އައޫޛް ކިޔައި ވައަތްފަރާތަށް ތިންފަހަރު ފުމެލުމެވެ. (ހިކިކުޅުޖެހުމެވެ.)
3- ފޫހިކުރުވައި އާފުރުވުން
މިޙާލަތުގައި އަނގަ ލައްޕަންވާނެއެވެ. އަނގަހުޅުވުނަދީގެން ނުވާނެއެވެ. މަސައްކަތްކުރުމުންވެސް ހުޅުވިއްޖެނަމަ އަނގަމަތީގައި އަތްއަޅަންވާނެއެވެ. ނޫންނަމަ ޝައިޠޯނާ އެތެރެއަށް ދެމިގަންނާނެއެވެ.
- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން