"އަޕްގްރޭޑް ސުކައުޑް"ގެ ނަމުގައި ރެޑްވޭވްއިން ހައިސެންސްގެ މިހާރު ގެ މޮޑެލްތަކުގެ އައުސްޓޮކެއް ގެނެސް، ހައިސެންސް ޓީވީގެ މުޅިންއައު މޮޑެލްތަކެއް ވަރަށް ހާއްސަ އަގުތަކެއްގައި ތައާރަފްކޮށްފިއެވެ.
ޔޫރޯ 2021 ގެ އިންތިޒާރުގައި ލޭކެކި ކެކި ތިބި ދިވެހިންނަށް، ކުރީގައި ބޮޑު ސްކްރީންގައި ރައްޓެހިންނާއެކު މެޗުތައް ބަލައި އުޅުނުހެން އެ މެޗުތައް ބެލުމުގެ ފުރުސަތު މިއަދު ނެތަސް، އެކުވެރިން އަދި ޢާއިލާއާއެކު މެޗުތައް ބަލައިލުމަށް އެންމެ އެކަށޭނެ ޓީވީތަކެއް ރެޑްވޭވުން ވަނީ ތައާރަފްކޮށްފައެވެ.
ޔޫރޯ ޗެމްޕިއަންޝިޕްވެސްގެ ސްޕޮންސަރއެއް ކަމަށްވާ "ހައިސެންސް" ބްރޭންޑްގެ އެކި މޮޑެލްތަކުގެ ޓީވީ މިވަގުތު ރެޑްވޭވުން ލިބެންހުރިއިރު، މި ބްރޭންޑަކީ މުޅިދުނިޔޭގައިވެސް ނަންހިނގާ ޓީވީ ބްރޭންޑެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން "އަޕްގްރޭޑް ސުކައުޑް"ގެ ނަމުގައި ރެޑްވޭވްއިން ވަނީ ހައިސެންސްގެ މިހާރު ގެ މޮޑެލްތަކުގެ އައުސްޓޮކެއް ގެނެސް، ހައިސެންސް ޓީވީގެ މުޅިންއައު މޮޑެލްތަކެއް ވަރަށް ހާއްސަ އަގުތަކެއްގައި ތައާރަފްކޮށްފައެވެ.
ހައިސެންސް ޓީވީއަކީ ޑައިނެމިކް ރޭންޖް އަދި ސްމޫތް މޯޝަން ރޭޓް މަތި ޓިވީއެއްކަމުން މަންޒަރުތައް ފުސްކަމެއް ނެތި ވަރަށް ސާފުކޮށް އަދި އަލިދަގަކޮށް ދައްކުވައިދޭ ޓިވީއެކެވެ. ގޭމެއް ކުޅެލަން ވިޔަސް ހަމަ ބަރާބަރެވެ. އަދި މީގެއިތުރުން، ހައިސެންގެ ޔޫއެޗްޑީ އަދި ކިއުލެޑްގެ ޓީވީތަކަކީ އޭގެ ކޮލިޓީއާއި މަންޒަރުގެ ދެވަނައެއް ނުވާފަދަ ދުނިޔޭގައި ނަންމަޝްހޫރު މޮޅުޓީވީ ތަކެކެވެ.
މި ޓީވީގެ ތަފާތު ސައިޒުތައް މިވަގުތު ރެޑްވޭވުން ލިބެން އެބަހުއްޓެވެ. އިތުރަށް ބައްލަވާލެއްވުމަށް ރެޑްވޭވްގެ އައުޓްލެޓަކަށް ޒިޔާރަތްކޮށްލައްވާށެވެ. ނޫންނަމަ ގޭގައި ތިއްބަވައިގެން https://redwave.mv އިންވެސް މި މައުލޫމާތުތައް ބައްލަވާއިލައްވާ އޯޑަރުކޮށްލައްވާށެވެ.